އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ހުރި އިންވެސްޓުމަންޓުގެ މައުލޫމާތު ޓިއަންޔިންގ ކުންފުންޏާއި ހިއްސާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ހުރި އިންވެސްޓުމަންޓުގެ މައުލޫމާތު ޓިއަންޔިންގ ކުންފުންޏާއި ހިއްސާކޮށްފި

އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ހުރި އިންވެސްޓުމަންޓުގެ ފުރުސަތުތަކާއި ގުޅޭ މައުލޫމާތު ޗައިނާގެ ޓިއަންޔިންގ އިންކް، ސީއެންޓީވައި، ކުންފުންޏާއި ހިއްސާކޮށްފިއެވެ.

ޚާރިޖީ ވަޒީރު މޫސާ ޒަމީރާއި، މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤާއި، ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ޗައިނާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުރުފުޅުގެ ތެރެއިން ވަޒީރުން ވަނީ ޗައިނާގެ ޓިއަންޔިންގ އިންކް، ސީއެންޓީވައި، ކުންފުނީގެ ޗެއަރމަން ޑރ. ޔަން ގެންގްޖުން އާއި ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އިއާދަކުރަނިވި ދާއިރާއިން ރާއްޖޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުސަތުތަކާއި ގުޅޭގޮތުންނާއި ކުނި މެނޭޖްކުރުމާއި، ރަށްރަށުގައި ކުރިއަށްދާ އުމްރާނީ ހިދުމަތްތަކުގެ މަޝްރޫޢުތަކުގެ މައުލޫމާތު ވަނީ މި ބައްދަލުވުމުގައި ހިއްސާކޮށް މަޝްވަރާކުރައްވާފައެވެ.

ތިން ވަޒީރުން ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ޗައިނާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވާ ޗައިނާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ. އަދި ރާއްޖޭގެ އިޤުތިޞާދު ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރާ ޗައިނާގެ ގިނަ ކުންފުނިތަކަކާ މި ދަތުރުފުޅުގެ ތެރެއިން ބައްދަލުކުރައްވާނެއެވެ.

މިއަދު އޮންލައިން