ބޮޑެތި ކުށްތަކަށް އަރައިގަނެގެން 230 އަށް ވުގެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލައިފި!

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
ބޮޑެތި ކުށްތަކަށް އަރައިގަނެގެން 230 އަށް ވުގެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލައިފި!

ބޮޑެތި ކުށްތަކަށް އަރައިގަނެގެން 230 އަށް ވުގެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ޢާންމުކުރި މައުލޫމާތުތަކަށް ހާމަވެއްޖެއެވެ.

އިމިގްރޭޝަނުން ހިއްސާ ކުރެއްވި މައުލޫމާތުތަކަށްބަލާއިރު ނޮވެމްބަރު 2023 އިން 15 ޖުލައި 2024 އާ ހަމަޔަށް ކަޅު ބާޒާރުގައި ބޭރު ފައިސާގެ މުއާމަލާތް ކުރަމުންދިޔަ 8 ބިދޭސީއަކާއި، ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ 65 ބިދޭސީންގެ އިތުރުން ޑްރަގް އަދި ގޭންގް މާރާމާރީތަކުގައި އުޅުނު 141 ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ. އަދި އިމިގްރޭޝަނުން ބަލުމުންދާ އެކި މައްސަލަތަކުގައި ހޯދަމުންދިޔަ 15 ބިދޭސީންނާއި ވިސާ އަދި ލިޔެކިޔުމަށް ބަދަލު ގެނެސްގެން 9 ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ.

އިމިގްރޭޝަނުން ވިދާޅުވީ ޓޫރިސްޓް ވިސާގައި މަސައްކަތް ކުރުމަށްޓަކައި އެތެރެވާ ބިދޭސީންގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުން ކަމަށެވެ. 

ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އިމިގްރޭޝަނުން ވަނީ ޚާއްޞަ އޮންލައިން ޕްލެޓްފޯމެއް އިފްތިތާހުކޮށްފައެވެ. 

މިއަދު އޮންލައިން