އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލާނީ ދީމާ އާއި އިބާދުﷲ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލާނީ ދީމާ އާއި އިބާދުﷲ

މި މަހުގެ 26 އިން އަންނަ މަހުގެ 11 އަށް ފްރާންސްގެ ވެރިރަށް ޕެރިސްގައި ބާއްވާ އޮލިމްޕިކްސްގައި ރާއްޖެއިން ތަމްސީލު ކުރުމަށް ދިދަ އުފުލާނީ ޓީޓީގެ ގައުމީ ޗެމްޕިއަން ފާތިމަތު ދީމާ އަލީ އާއި ސްޕްރިންޓް ދުވުންތެރިޔާ އިބާދުﷲ އާދަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދިދަ ހަވާލުކޮށް ދެއްވައިފިއެވެ.

ދީމާއަކީ ކޮލިފައިން މަރުހަލާއެއް ކާމިޔާބުކޮށް، އޮލިމްޕިކްސް ގޭމްސް އިން ޖާގަ ހޯދި ރާއްޖޭގެ ފުރަތަމަ އެތުލީޓެވެ. އޭނާ ވާނީ އޮލިމްޕިކްސްގައި ޓީޓީން ރާއްޖެ ތަމްސީލު ކުރާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ދުވުންތެރިޔާ އިބާދުﷲ އަށް އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ލިބުނީ ރޭންކިންގެ އެއްވަނަ ހޯދައިގެންނެވެ. އޭނާ އެއްވަނަ ހޯދީ 1003 ޕޮއިންޓް ހޯދައިގެންނެވެ. 

އޮލިމްޕިކްސްގައި ރާއްޖެއިން ހަތަރު ކުޅިވަރެއްގައި ވާދަކުރެ އެވެ. އެއީ ބެޑްމިންޓަން އާއި އެތުލެޓިކްސް އާއި ސުވިމިން އަދި ޓޭބަލް ޓެނިހެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި "ޕެރިސް އޮލިންޕިކްސް 2024" ދިވެހިރާއްޖޭގެ ދިދަ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ ރާއްޖޭގެ އެތުލީޓުން އެހެން ގައުމުތަކުގައި ވާދަކުރާއިރު އަޒުމާ ހިތްވަރާ ފެންވަރު ދައްކަދޭން ޖެހޭނީ ގައުމުގެ ދިފާއުގައިކަމަށެވެ. ވަޒީރު ވިދާޅުވީ އެތުލީޓުންގެ އެންމެ ބޮޑު ހިތްވަރެއް މި ކަހަލަ ގޭމްސްއެއްގަ ލާންޖެހޭ ކަމަށާއި، 100 ޕަސެންޓް ކޮންމެ އެތުލީޓެއްވެސް މި ފެންވަރުގެ މުބާރާތަކުން ނެރެންޖެހޭ ކަމަށެވެ.

ވަޒީރުގެ ވާހަކަފަޅުގައި ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުމަތިން ރާއްޖޭގެ ލޯންގްޓާމް ކުޅިވަރު ޕްލޭން އެކުލަވާލައި ކުޅިވަރު އިތުރު ހަރުފަތަކަށް ގެންދިޔުމައްޓަކައި ހައިޕާފޯމްސް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރިޔަށްގެންދާކަމަށް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން