ޗައިނާގެ އެކި ކުންފުނިތަކާއެކު ރާއްޖޭގެ ތަރައްގީއާ ގުޅޭގޮތުން މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ޗައިނާގެ އެކި ކުންފުނިތަކާއެކު ރާއްޖޭގެ ތަރައްގީއާ ގުޅޭގޮތުން މަޝްވަރާކޮށްފި

 ޗައިނާގެ އެކި ކުންފުނިތަކާއެކު ރާއްޖޭގެ ތަރައްގީއާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މިމަޝްވަރާތައް ކޮށްފައިވަނީ މިމަހުގެ 20 އިން 24 އަށް  ރާއްޖޭގެ 3 ވަޒީރަކު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މިކަމާގުޅިގެން ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ 3 ވަޒީރުން ވަނީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ)ގެ މެނޭޖިން ޑިރެކްޓަރު ޗެން ލައިއާ ބައްދަލުކުރައްވައި އެކުންފުނީގެ އެގްޒިބިޝަން ސެންޓަރަށް ޒިޔާރަތްކުރައްވާފައިވާކަމަށާއި ތަރައްޤީގެ މުހިންމު މަޝްރޫއުތަކާއި ގުޅޭގޮތުންނާއި ކުރިއަށް އޮތް ތަނުގައި ދެޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)ގެ ޗެއާމަން ވަންގް ބޯއާ ވެސް ވަޒީރުން ވަނީ މިބައްދަލުކުރެއްވުންތަކުގެ ތެރެއިން ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި \ރަސްމާލެ އާއި ގުޅީ ފަޅުގެ މަޝްރޫއުތަކާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖޭގެ ތަރައްޤީއާ ގުޅޭ ގިނަ ދާއިރާތަކުން މަޝްވަރާކުރައްވާފައިވާ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. 

މިއަދު އޮންލައިން