ރާއްޖެއާއި ލަންކާއާއި ދެމެދު ޖިނާއީ ކުށްތައް ހުއްޓުވުމަށް އެއްބަސްވުމުގައި ބައިވެރިވާން މަޖިލީހުން ރުހުންދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ރާއްޖެއާއި ލަންކާއާއި ދެމެދު ޖިނާއީ ކުށްތައް ހުއްޓުވުމަށް އެއްބަސްވުމުގައި ބައިވެރިވާން މަޖިލީހުން ރުހުންދީފި

ރާއްޖެއާއި ސްރީލަންކާއާއި ދެމެދު ޖިނާއީ ކުށްތައް ހުއްޓުވުމަށް އެއްބަސްވުމުގައި ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިކަމަށް ރުހުން ދީފައިވަނީ ޖިނާއީ ކުށްތައް ހުއްޓުވުމަށް ރާއްޖެއާއި ލަންކާއާއި ދެމެދު، "ޓްރީޓީ ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރންމަންޓް އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާ އޮން މިއުޗުއަލް ލީގަލް އެސިސްޓެންސް އިން ކްރިމިނަލް މެޓަރސް" ގައި ދިވެހިރާއްޖެއިން ސޮއިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށައެޅުއްވި މައްސަލައާ ގުޅިގެން ނެގި ވޯޓުގައެވެ.

މިއެއްބަސްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ޚާރިޖީ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

މިއަދު އޮންލައިން