އެއަރ އަރަބިއާއިން ރާއްޖެއަށް ދަތުރުތައް ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
އެއަރ އަރަބިއާއިން ރާއްޖެއަށް ދަތުރުތައް ފަށަނީ

ޔޫއޭއީ ބަޖެޓް އެއަރލައިން އެއަރ އަރަބިއާއިން ރާއްޖެއަށް ދަތުރުތައް އަންނަ އޮކްޓޫބަރު މަހު ފަހުކޮޅު ފެށުމަށް ނިންމައިފިއެވެ. 

މިކަމާގުޅިގެން ގަލްފް ނިއުސްއިން ބުނެފައިވަނީ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޔޫއޭއީގެ ޝާރްޖާގެ ލޯ ކޮސްޓް އެއަރލައިން އެއާ އަރަބިއްޔާ އިން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށާއި މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ޔޫއޭއީގެ ޝާރްޖާ އިންޓަނޭޝަނަލް އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދު ކަމަށެވެ.

މި ދަތުރުތައް ކުރާނީ އެއަރބަސް އޭ-320 މަރުކާގެ ބޯޓުތަކުގައި ކަމަށާއި މިހާރު ދަތުރުތަކަށް ބުކް ކުރެވޭނެ ކަމަށްވެސް އެއަރ އަރަބިއާއިން ބުނެއެވެ.

އެއަރ އަރަބިއާއިން ރާއްޖެއާ ދެމެދު އަލަށް ފަށާ ފްލައިޓްތަކުގެ ސަބަބުން އިންޑިއާ ކަނޑުގެ އެންމެ މަޝްހޫރު އެއް މަންޒިލް ބަލާލުމަށް ދަތުރުވެރިންނަށް "މިހާރަށްވުރެ ވެސް ފަސޭހަ އަދި އަގުހެޔޮ ގޮތްތަކެއް" އެއާލައިން މެދުވެރިކޮށް ލިބިގެންދާނެ ކަމަށް އެއަރ އަރަބިއްޔާ އިން ވަނީ ބުނެއެވެ.

މިއަދު އޮންލައިން