ސިޑްސްގެ ޤައުމުތަކަށް މާލީ އެހީތެރިކަން ދިނުމަށް އޮންނަ ނިޒާމު އިތުރަށް ހަރުދަނާކުރަންޖެހޭ: ޙައިދަރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ސިޑްސްގެ ޤައުމުތަކަށް މާލީ އެހީތެރިކަން ދިނުމަށް އޮންނަ ނިޒާމު އިތުރަށް ހަރުދަނާކުރަންޖެހޭ: ޙައިދަރު

ސްމޯލް އައިލެންޑް ޑިވެލޮޕްމެންޓް ސްޓޭޓްސް (ސިޑްސް) ގެ ޤައުމުތަކަށް މާލީ އެހީތެރިކަން ދިނުމަށް އޮންނަ ނިޒާމު އިތުރަށް ހަރުދަނާކުރަންޖެހޭ ކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

އިތިއޯޕިއާގައި މިހާރު ކުރިއަށްދާ 4 ވަނަ ފައިނެންސިން ފޯ ޑިވެލޮޕްމެންޓް، އެފްއެފްޑީ ކޮންފަރެންސްގައި ރާއްޖެ ތަމްސީލްކުރައްވާ ވާހަކަފުޅު ދައްކަވަމުން ޙައިދަރު ވިދާޅުވީ މިހާރު ސިޑްސްގައި ހިމެނޭ ޤައުމުތަކަށް މާލީ އެހީތެރިކަން ދިނުމަށް އޮންނަ ނިޒާމު އިތުރަށް ހަރުދަނާކުރަންޖެހޭ ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި މާލީ އެހީތެރިކަންދެވޭނެ ގޮތްތަކެއް އެކަށައަޅަންޖެހޭކަމަށެވެ.

މީގެއިތުރުން ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގެ މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ސިޑްސްގެ ޤައުމުތަކަށް ކުރިމަތިވާ އެކިކަހަލަ ގޮންޖެހުންތަކުން އަރައިގަތުމަށް ޤާބިލްކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ވަޒީރު ޑރ. އަލީ ހައިދަރުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

މިއަދު އޮންލައިން