އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކާއެކު ރާއްޖެއިން މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 41ސ
އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކާއެކު ރާއްޖެއިން މަޝްވަރާކޮށްފި

އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އާއެކު ރާއްޖެއިން މަޝްވަރާކޮށްފިއެވެ.

ޚާރިޖީ ވަޒީރު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކުގެ ޕްރެޒިޑެންޓް ޖިން ލިކުންއާ ބައްދަލުކުރައްވައި ވަޒީރު ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ބޭންކުން ރާއްޖެއަށް ވެދީފައިވާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފައެވެ. އެގޮތުން ގްރޭޓަރ މާލޭ ވޭސްޓް އެނަރޖީ ޕްރޮޖެކްޓަށް ބޭންކުން ވެދީފައިވާ އެހީތެރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިދަތުރުފުޅުގައި މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤާއި، ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ބައިވެރިވެވަޑައިގަންނަވައެވެ.

 

މިއަދު އޮންލައިން