މަރުކަޒީ ބޭންކު ގަވަނަރަކަށް އަހްމަދު މުނައްވަރު އައްޔަން ކުރުމާއިމެދު އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.
މިކަމާގު ޅިގެން މާލިއްޔަތު ކޮމިޓީން ނިންމީ އެ ކޮމިޓީއިން މުނައްވަރުގެ ނަންފުޅު ދިރާސާ ކުރަމުންދާއިރު އާންމުންގެ ހިޔާލު ހޯދުމަށް ވަނީ އިއުލާނެއް ކޮށްފައެވެ.
މި އިއުލާނުގައި ވަނީ މުނައްވަރުގެ ނަންފުޅު ދިރާސާ ކުރުމުގެ މަސައްކަތް މާލިއްޔަތު ކޮމިޓީގައި ކުރިއަށްދާއިރު އޭނާއާއި ގުޅޭގޮތުން އާންމުންގެ އެއްވެސް ޝަކުވާއެއް އޮތްނަމަ، އެކަން މަޖިލީހުގެ މާލީއްޔަތު ކޮމެޓީއަށް މިމަހުގެ 24 ވާ ބުދަ ދުވަހުގެ 14:00 ކުރިން އަންގަވައި ދެއްވުމަށެވެ.
މި މަގާމުގައި ކުރިން ހުންނެވީ ޢަލީ ހާޝިމް އެވެ. ހާޝިމް އެ މަގާމުން ވަކި ކޮއްފައިވަނީ ރާއްޖެއަށް މިހާރު ދިމާވެފައިވާ އިޤްތިޞާދީ ކާރިސާއިން ޤައުމު ސަލާމަތްކުރުމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިނުވާކަމަށް ބުނެ، މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެންނެވެ.
އެމްއެމްއޭގެ ގާނޫނު ބުނާގޮތުން އެއްވެސް ސަަބަބަކާ ހުރެ ގަވަރުނަރުގެ މަގާމު ހުސްވެއްޖެ ނަމަ، 45 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަނުކުރަން ޖެހޭނެ އެވެ. އެ މަގާމުގައި ކުރިން ހުންނެވި އަލީ ހާޝިމް ވަކިކުރީ އިއްޔެ އެވެ.