އައިކޮމްއިން ޕީޖީއަށް ހުށަހެޅީ ކުރީ ސަރުކާރާއި ގުޅޭ މައްސަލައެއް: ހީނާ

މިއަދު
ކިޔުމަށް ހޭދަވާނީ 44ސ
އައިކޮމްއިން ޕީޖީއަށް ހުށަހެޅީ ކުރީ ސަރުކާރާއި ގުޅޭ މައްސަލައެއް: ހީނާ

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، އައިކޮމްއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދެކޮޅަށް ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ހުށަހަޅާފައިވަނީ ކުރީ ސަރުކާރާއި ގުޅޭ މައްސަލައެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ، އެއީ މި ސަރުކާރު ފެށުމުގެ މާކުރިން ހުށަހަޅާ، އޭރު މައުލޫމާތު ނުދީ އޮތް މައްސަލައެއް ކަމަށެވެ. 

އައިކޮމްއިން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ވެކްސިން ޖެހުމާ ގުޅޭ މައުލޫމާތުތަކެއް ހޯދުމަށް، ކުރީގެ ސަރުކާރުގައި 2022 ވަނަ އަހަރު މީހަކު އެދުމުން އެ މައުލޫމާތު ނުދިން މައްސަލައެކެވެ.

ޕީޖީ އޮފީހަށް އެ މައްސަލަ ހުށަހެޅުމާއި ގުޅިގެން އެ އޮފީހުން ވަނީ މިމައްސަލައިގައި ޖިނާއީ ކުށުގެ ޢަމަލެއް ހިމެނޭތޯ ނުވަތަ ނޫންތޯ ބަލައި، ޤާނޫނުގައިވާ ގޮތުގެ މަތިން ތަޙްޤީޤު ކުރުމަށް ފުލުހަށް ހުށަހަޅާފައެވެ.

މިއަދު އޮންލައިން