1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް މިފްކޯއިން ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 45ސ
1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް މިފްކޯއިން ދީފި

1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް މިފްކޯއިން ދީފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ ތަފާސްހިސާބުތަކަށްބަލާއިރު މި ސަރުކާރުން މިހާތަނަށްވަނީ މަސްވެރިންގެ އަތުން ކިރާފައިވާ 44415 ޓަނުގެ މަހަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައެވެ. އަދި މިހާރު މަސްވެރިންނަށް ނުދެވި ހުރީ 319632 ރުފިޔާއެވެ.

މިފްކޯއިން ބުނެފައިވަނީ މަސްވެރިން އަތުން ގަންނަ މަހަށް އަވަހަށް ފައިސާ ދިނުމަށްޓަކައި މަސް ގަންނަ އަގަށް ބަދަލު ގެނެސް މަސްވެރިންގެ އަތުން ގަންނަ މަހަށް ގިނަވެގެން 2 ހަފްތާތެރޭގައި ފައިސާ ދޫކުރަމުންދާ ކަމަށެވެ.

1 ޖުލައި އިން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސް ގަންނަމުންދަނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގަކަށެވެ.

މިއަދު އޮންލައިން