އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 1.6 މެގަވޯޓުގެ ޖަނެރޭޓަރެއް އެސިޓީއަށް ފޮނުވަންހަމަޖެހިފައިވާކަމަށް ފެނަކައިން ބުނެފިއެވެ.
ދައުލަތުގެ މީޑީއާއަށް މައުލޫމާތުދެއްވަމުން ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރ މުޢާޒް މުހައްމަދު ރަޝީދު ވިދާޅުވީ އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މި ސަރުކާރު ހަވާލުވި ފަހުން 1 މެގަވޯޓުގެ ޖެނެރޭޓަރެއް އައްޑޫއަށް ގެންގޮސްފައިވާކަމަށާއި 2 މެގަވޯޓުގެ އިތުރު ޖެނެރޭޓަރެއްވެސް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އައްޑޫއަށް ފޮނުވާނެކަމަށެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑެން ދިމާވާ މައިގަނޑު ސަބަބަކީ އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން ކަރަންޓު ކޭބަލްތަކަށް ގެއްލުން ލިބޭތީކަމަށާއި ކޭބަލްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ބޮޑެތި ޚަރަދުތަކެއް ހިނގާކަންވެސް މުޢާޒް ފާހަގަކުރެއްވިއެވެ.
"އައްޑޫގެ މަގު ހެދުމުގެ މަސައްކަތް ކުރަމުންދާ އެފްކޮންސް އިން މަސައްކަތް ކުރަމުންދާއިރު ކަރަންޓު ކޭބަލަށް ގެއްލުން ވަމުންދާތީ އޭގެ ސަބަބުން މިފަހަރު މައްސަލަ ދިމާވީ. މިހާރު މައްސަލަ ހައްލުކޮށް ކަރަންޓު ދެވިފައިވަނީ" މުޢާޒް ވިދާޅުވިއެވެ.