ރާއްޖޭގައި އަށަގެންފައިވާ ޤާނޫނާއި ޤަވާއިދަށް ނޫޅުމުގެ ސަގާފަތް ނައްތާލާނަން: ހޯމް މިނިސްޓަރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
ރާއްޖޭގައި އަށަގެންފައިވާ ޤާނޫނާއި ޤަވާއިދަށް ނޫޅުމުގެ ސަގާފަތް ނައްތާލާނަން: ހޯމް މިނިސްޓަރު

ރާއްޖޭގައި އަށަގެންފައިވާ ޤާނޫނާއި ޤަވާއިދަށް ނޫޅުމުގެ ސަގާފަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެދަށުން ނައްތާލައްވާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ ހަމައެއްނެތި މާލެ ސަރަހައްދުގައި ޓްރެފިކް ތޮއްޖެހޭގޮތަށް އުޅަނދުތައް އެތެރެކޮށް ޕާކްކުރުން ނިމުމަކަށް ގެނެސް ރައްކާތެރި މާހައުލެއް ޤާއުމްކޮށްދިނުމަށް "މާލެ ފަހި" ނަމުގައި ފެށި ޕްރޮގްރާމް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގާނޫނު ތަންފީޒު ކުރުމަކީ މި ސަރުކާރުން އެންމެ އިސްކަން ދޭ މަސައްކަތް ކަމަށާއި އެކަން ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުގައި ހުރި މުއައްސަސާތަކުން 24 ގަޑިއިރު ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ވެހިކަލް ރެޖިސްޓްރޭޝަން ކުރަމުން ދިޔައީ ޓްރްންސްޕޯޓް މިނިސްޓްރީގެ ޕޯޓަލް ކޮމްޕްރަމައިޒްކޮށްގެން އޭގެ ބެކް އެންޑުން ރެޖިސްޓްރޭޝަންތައް ހަދައިގެންނެވެ. އެކަން ކުރި ފަރާތްތައް ހޯދައި ފިޔަވަޅު އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.މީގެ އިތުރުން ފޭކް ނަމްބަރު ޕްލޭޓް ޖަހައިގެން ދުއްވުމާއި މީހުންނަށް އުނދަގޫވާ ގޮތަށް ސައިލެންސަރު މޮޑިފައި ކޮށްގެން ސައިކަލު ދުއްވުން ފަދަ ކަންކަން ހުއްޓުވާނެ ކަމަށާއި ބޭނުން ނުކޮށް މަގުމައްޗަށް ދޫކޮށްލާފައި ހުރި ވެހިކަލްތައް ނެގުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި މަގުތަކުން ގެތަކަށް ވަދެވޭނެ ޚާއްޞަ އެކްސެސްތަކެއް ހަދައި، އެފަދަ ތަންތަނުގައި ޕާކްކުރާ އުޅަނދުތައްވެސް ޓޯވްކުރަމުންގެންދާކަމަށެވެ. އަދި މަގުމައްޗަށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމަށްވެސް ޚާއްޞަ މަސައްކަތްތަކެއް ކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އިއްޔެވެސް ފާހަގަވި މީގެ ވެހިކަލެއްގެ ފުރާ ބަނގުރާ ރައްކާކޮށްގެން އޭގެ ވިޔަފާރިވެސް ކުރަމުންދާކަން. މިފަދަ ކަންކަމަށް އަޅުގަނޑުމެން އެއްވެސްވަރަކަށް ޓޮލެރޭޓްނުކޮށް ރާއްޖާގައި މިދެންނެވި ބީދައިން ތަންފީޒްކުރެވޭނެ." މިނިސްޓަރު ވިދާޅުވިއެވެ. 

މިއަދު އޮންލައިން