ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައީ މަސައްކަތް އަވަސްކުރުމަށް: މަޖިލީހުގެ ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައީ މަސައްކަތް އަވަސްކުރުމަށް: މަޖިލީހުގެ ރައީސް

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައީ މަސައްކަތް އަވަސްކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި، މިހާތަނަށް ޢަމަލުކުރަމުން އައި ގޮތުން، މަޖިލީހަށް ހުށަހެޅޭ ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު، އެ ބިލެއްގެ ބަހުސް ބޭއްވޭނީ ތިން ދުވަސް ފަހުންނެވެ. ނަމަވެސް 20 ވަނަ މަޖިލީހުގެ ގަވާއިދު އެކުލަވާލިއިރު، މި ކަމަށް ހައްލެއް ގެނެސް، މަޖިލީހުގެ ތަޅުމުގައި ކުރާނެ މަސައްކަތްތައް އަބަދުވެސް ހުންނާނެ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ.

"މިހާރު އޮންނަ ގޮތުން އެބަޖެހޭ ސާފު 3 ދުވަސް ދޭން އޭގެ ބަހުސަށް ދިއުމާ ދޭތެރޭގަ. އެކަމު އަލަށް މިގެނައި ބަދަލުތަކުގެ ތެރޭގަ ހިމެނޭނެ ފުރަތަމަ ކިޔުން އިއްވާފަ ޖެހިގެން އަންނަ ދުވަހުވެސް އެބިލަށް ބަހުސްކުރެވޭގޮތަށް ގަވާއިދު ބަދަލުކޮށްފަ. އެހެން ހެދީމަ މިވާގޮތަކީ މަޖިލީހުގެ ތަޅުމުގައި އަބަދުވެސް ކުރާނެ މަސައްކަތް ހުންނާނެ،" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދަށް މި ބަދަލު ގެނައުމުގެ ބޭނުމަކީ ތަޅުމުގައި ބަހުސް ނިންމުމަށްފަހު ކޮމިޓީއަށް ދިރާސާކުރުމަށް ފޮނުވާ ބިލު، ދިރާސާކުރުމަށް ހޭދަވާ މުއްދަތުގެ ތެރޭގައިވެސް ތަޅުމުގައި މަސައްކަތްކުރާނެ ފުރުސަތު ހޯދުން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މިއަދު އޮންލައިން