ވިޒިޓް މޯލްޑިވްސް އާއި އެންއެޗްޖީއޭއެމް ގުޅިގެން އޭޝިއަން ޓޫރިޒަމް ފެއާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ވިޒިޓް މޯލްޑިވްސް އާއި އެންއެޗްޖީއޭއެމް ގުޅިގެން އޭޝިއަން ޓޫރިޒަމް ފެއާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އާއި ނެޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) ގުޅިގެން 11 ވަނަ އޭޝިއަން ޓޫރިޒަމް ފެއާ (އޭޓީއެފް) 2024 ގައި ބައިވެރިވުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

މި ފެއާ އޮންނާނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 އިން 21 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އިންޓަނޭޝަނަލް ކޮންވެންޝަން ސިޓީ ބަޝުންދުރާ (އައިސީސީބީ) ގައެވެ.

އޭޝިއާ ސަރަހައްދުގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ޕްލެޓްފޯމް ކަމަށްވާ އޭޓީއެފްގައި އެޑްވެންޗާ ޓޫރިޒަމް ކުންފުނިތަކާއި އެއާލައިންތަކުން ފެށިގެން މުނިފޫހިފިލުވުމުގެ ޕާކުތަކާއި ހޮޓާތަކާއި ގައުމީ ޓޫރިޒަމް ޖަމިއްޔާތަކުގެ އެކި އެކި ސްޓޭކްހޯލްޑަރުން އެއް ފުރާޅެއްގެ ދަށުން ބައްދަލުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ފެއާގައި ބައިވެރިވުމަށް އަލުން ފުރުސަތު ހުޅުވާލާފައިވަނީ މި ޝަރަފުވެރި އިވެންޓުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ހުށަހެޅުންތައް ދައްކާލަން ޝައުގުވެރިވާ އިތުރު ކުންފުނިތަކަށް ޖާގަ ދިނުމުގެ ގޮތުންނެވެ.

މިއަހަރުގެ އޭޓީއެފް ފެއާގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ދިމާކޮށް އިތުރު ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ކޯ ޓޫރިޒަމް ޓްރޭޑް އެގްޒިބިޝަނާއި، ބީޓޫބީ ސެޝަންތަކާއި، ބީޓޫސީ ފުރުސަތުތަކުގެ އިތުރުން އޭޓީއެފް 2024 ގައި ވަރަށް ގިނަ ސައިޑް އިވެންޓްތައް ބޭއްވުމަށް ރޭވިފައިވެއެވެ. މީގެ ތެރޭގައި ސަގާފީ ޕްރޮގްރާމްތައްވެސް ހިމެނެއެވެ.

މިއަދު އޮންލައިން