އެފްޖޭއެސް ރީބްރޭންޑްކޮށް، ނެކްސިއާ މޯލްޑިވްސްއަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
އެފްޖޭއެސް ރީބްރޭންޑްކޮށް، ނެކްސިއާ މޯލްޑިވްސްއަށް!

ދިވެހިރާއްޖޭގެ އެންމެ ކުރިއަރާފައިވާ ޕްރޮފެޝަނަލް ޚިދުމަތްދޭ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެއް ކަމުގައިވާ އެފްޖޭއެސް އިން، ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްހޫރުކަން ލިބިފައިވާ ނެކްސިއާ އިންޓަނޭޝަނަލް ނެޓްވޯކާއި ގުޅި، އެފްޖޭއެސްގެ ނަން "ނެކްސިއާ މޯލްޑިވްސް" އަށް ބަދަލުކޮށްފިއެވެ.

ނެކްސިއާ މޯލްޑިވްސް، ރަސްމީކޮށް ލޯންޗް ކޮށްފައިވަނީ ކުންފުނީގެ ޚާއްޞަ ބައިވެރިންނަށް ދައުވަތުދެވިފައިވާ ޙަފްލާއެއްގައެވެ. މި ޙަފްލާގައި، އޮޑިޓަރ ޖެނެރަލް އަލްފާޟިލް ހުސެން ނިޔާޒީ، ނެކްސިއާ އިންޓަނޭޝަނަލްގެ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ އެގްޒެކެޓިވް ޑައިރެކްޓަރ ކްރިސްޓިން ކިމް، އަދި ކުންފުނީގެ ކްލައިންޓުންނާއި ސަރުކާރުގެ އަދި ޕްރައިވެޓް ސެކްޓަރގެ ފާހަގަކޮށްލެވޭ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޙަފްލާގައި އައު ބްރޭންޑް ހާމަކުރުމަށް ޚާއްޞަ ވީޑިއޯއެއް ދައްކާލުމަށްފަހު ރޭގަނޑުގެ ފަރިއްކޮޅާއި ލައިވް މިއުޒިކް ހިމެނޭގޮތަށް، މި އައު ބާބުގެ ފެށުންވަނީ ފާހަގަކޮށްފައެވެ.

ނެކްސިއާ މޯލްޑިވްސް މި އައު ދަތުރުގައި ފަށައިގަންނަނީ، އެ ކުންފުނީގެ މައިގަނޑު އަސާސްތަކުގައި ދެމިހުރުމުގެ އައު އަޒުމާ އެކުގައެވެ. މި އަސާސްތަކުގެ ތެރޭގައި ކަސްޓަމަރުންގެ ކާމިޔާބީއަށް އެންމެ އިސްކަންދިނުމާ، ދެމެހެއްޓެނިވި ގޮތްތަކާއި އައު އީޖާދުތައް ކުރިއެރުވުމާއި، އަދި މުވައްޒަފުންގެ ހުނަރުވެރިކަން އިތުރުކުރުން ހިމެނެއެވެ.

ކުންފުނިން އުންމީދުކުރަނީ މި ލިބުނު އިތުރު ޤާބިލުކަން ބޭނުންކޮށްގެން މިހާރަށްވުރެ ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދީ، ދިވެހިރާއްޖޭގެ އިޤްތިސާދީ ކުރިއެރުމަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދިނުމުގައި ނެކްސިއާ މޯލްޑިވްސްއިން ބައިވެރިވުމެވެ.

 

މިއަދު އޮންލައިން