އެކި ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ 15 ބިލިޔަން ރުފިޔާ ހޯދުން ނޫން ގޮތެއް ނެތް: ނާޒިމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
އެކި ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ 15 ބިލިޔަން ރުފިޔާ ހޯދުން ނޫން ގޮތެއް ނެތް: ނާޒިމް

ޓެކުހުގައި ގޮތުގަޔާއި އެހެނިހެން ގޮތް ގޮތުންއެކި ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ 15 ބިލިޔަން ރުފިޔާ ހޯދުން ނޫން ގޮތެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނާޒިމް ހިއްސާކުރެއްވި ހިސާބުތައް ދައްކާ ގޮތުން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ 7.76 ބިލިއަން ރުފިޔާ އާއި، އެހެނިހެން ގޮތްގޮތުން މީރާއަށް ދައްކަން ޖެހި ނުދައްކާ އޮތް 7.68 ބިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށާއި މި ފައިސާގެ ޖުމްލަ އަދަދު 15.4 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ.

އެ ހިސާބުތަކަކީ ނާޒިމް ވިދާޅުވި ގޮތުގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ހިއްސާކޮށްފައިވާ ހިސާބުތަކެކެވެ.

"މިކަމުގައި ދެވަނަ ގޮތެއް ނެތް، މި ފައިސާ އަޅުގަނޑުމެން ޖެހޭނީ ހޯދަން،" އެ ތަފާސް ހިސާބުތައް ސޯޝަލް މީޑިއާ އެކްސްގައި ހިއްސާކުރައްވަމުން ނާޒިމު ވިދާޅުވި އެވެ.

އަންނަ އަންގާރަ ދުވަހަށް ތާވަލްކޮށްފައިވާ މާލިއްޔަތު ކޮމެޓީ ބައްދަލުވުމުގައި ނުލިބި ހުރި ފައިސާ ހޯދުމަށް މީރާއިން ކޮށްފައިވާ މަސައްކަތްތައް އޮޅުންފިލުވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މިއަދު އޮންލައިން