އޮގަސްޓް މަސް ނިމުމުގެ ކުރިން ރާއްޖޭގައި ރުޕޭ ކާޑު ބޭނުންކުރަން ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
އޮގަސްޓް މަސް ނިމުމުގެ ކުރިން ރާއްޖޭގައި ރުޕޭ ކާޑު ބޭނުންކުރަން ފަށަނީ

އޮގަސްޓް މަސް ނިމުމުގެ ކުރިން ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުންކުރަން ފެށޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ސަޢީދު ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ 8 މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ކްރިއޭޓަރ އިކޮނޮމީއެއް ޤާއިމްކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ ޑިޖިޓަލް އީކޮމާސް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް ކުރެވޭ މަސައްކަތްތައް ހިމެނެއެވެ.

"އިރާދަކުރެއްވިއްޔާ އަންނަ މަސް ނިމުމުގެ ކުރިން ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުންކުރަން ފެށޭނެ. އަދި ނޭޝަނަލް ޕޭމަންޓް ޕްލެޓްފޯމްއެއް ޤާއިމްކޮށް، ސަރަޙައްދީ ބައެއް ބޮޑެތި ބާޒާރުތަކާއެކު ކްލަބް ކުރުމުގެ މަސައްކަތްވެސް ކުރަމުން މިދަނީ،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ޕޭޕާލްގެ ޚިދުމަތް ރާއްޖެއަށް ހޯދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ގިނަ ފަރާތްތަކާ ބައްދަލުކޮށް، މިހާރު ސީދާ އެމެރިކާ ސަރުކާރުގެ އެހީތެރިކަމަށް އެދިގެން އެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ސަޢީދު ހާމަކުރެއްވިއެވެ.

މި ފިޔަވަޅުތަކަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި، ޚާއްޞަކޮށް ޑިޖިޓަލް އަދި ކްރިއޭޓިވް އިކޮނޮމީ ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ބެލެވެއެވެ.

            

މިއަދު އޮންލައިން