ސަތާރަ ދުވަސްތެރޭ ދައުލަތަށް ނުލިބިހުރި 5 މިލިއަން ޑޮލަރު ހޯދިއްޖެ!: ފައިޞަލް

މިއަދު
ކިޔުމަށް ހޭދަވާނީ 44ސ
ސަތާރަ ދުވަސްތެރޭ ދައުލަތަށް ނުލިބިހުރި 5 މިލިއަން ޑޮލަރު ހޯދިއްޖެ!: ފައިޞަލް

ދައުލަތަސް ލިބެންޖެހި، ނުލިބިހުރި ފައިސާތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާޢަތުން ލިބެންޖެހޭ ފައިށާ ވަރަށް ގިނަކަމަށާއި 17 ދުވަހު ކުރި މަސައްކަތުން މިހާރުވެސް 5 މިލިއަން ޑޮލަރު ހޯދިފައިވާ ކަމަށް ފަތުރުވެރިކަމާއިބެހޭ ވަޒީރު ފައިޞަލް ވިދާޅުވެއްޖެއެވެ. 

ފައިޞަލް ވިދާޅުވީ ހިންގަމުންދާ ރިޒޯޓުތަކުން 76 މިލިއަން ޑޮލަރު ދައުލަތަށް ދައްކަންޖެހި ނުދައްކައި އެބައޮތް ކަމަށެވެ. އަދި މިހާރު ހަދަމުންދާ ރިޒޯޓުތަކުން 173 މިލިއަން ޑޮލަރުވަރު ނުލިބި އެބައޮތް ކަމަށެވެ. ވީމާ މިއީ 249 މިލިއަން ޑޮލަރެވެ. 

ފައިޞަލް ވިދާޅުވީ ރިޒޯޓްތައް ހިންގަނީ ވަރަށް ބޮޑެތި ޢަދަދުތަކުން އިންވެސްތްކޮށްގެން ކަމަށްވާތީ އެފަރާތްތަކަށް އިޙްތިރާމްކުރައްވާ ކަމަށެވެ. އަދި ރިޒޯޓްތަކާއި މިނިސްޓްރީ އާއި ދެމެދު ވަރަށް ގާތް ގުޅުމެއް އެބައޮތް ކަމަށާއި އެހެންވެ ފުރަތަމަ ކަމަކަށް މަޝްވަރާކުރައްވަނީ ކަމަށެވެ. އެއަށްފަހު ސިޓީ ފޮނުއްވަމުން ގެންދަވާ ކަމަށެވެ.

 

މިއަދު އޮންލައިން