އަތަމާ ޢަބްދުއްލަޠީފް އަވަހާރަވެއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
އަތަމާ ޢަބްދުއްލަޠީފް އަވަހާރަވެއްޖެ!

ދިވެހިންގެ މެދުގައި މަޝްހޫރު އަތަމާ ޢަބްދުއްލަޠީފް ނަމުން މަޝްހޫރު، ޢަބްދުއްލަޠީފް ޙުސައިން 94 އަހަރުގެ އުމުރުފުޅުގައި މިއަދު އަވަހާރަވެއްޖެއެވެ. އަތަމާ ޢަބްދުއްލަޠީފް އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެއްވަމުން ގެންދަވަނިކޮށެވެ.

އަތަމާ ޢަބްދުއްލަޠީފަކީ ދިވެހިން ޙައްޖަށް ގެންދިއުމުގެ ޚިދުމަތް ދިގު މުއްދަތަކަށް ދެއްވާފައިވާ ބޭފުޅެކެވެ. މި ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، 1991 ވަނަ އަހަރު ވަނީ ޖަމާޢަތަށް ފައިދާހުރި ޚާއްސަ ޚިދުމަތްކުރުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ އިނާމު ލިބިވަޑައިގެންފައެވެ.

އަތަމާ ޢަބްދުއްލަޠީފްގެ އާއިލީ ދިރިއުޅުމަށް ބަލާއިރު، އެ މަނިކުފާނު ވަނީ ފަސް ކައިވެނި ކުރައްވާފައެވެ. މި ކައިވެނިތަކުން ޖުމްލަ 9 ދަރިކަލުންނާއި ދަރިކަނބަލުން ލިބިވަޑައިގެންފައިވެއެވެ.

އަތަމާ ޢަބްދުއްލަޠީފްގެ އަވަހާރަވުމާ ގުޅިގެން ގިނަ ފަރާތްތަކުން ވަނީ އާއިލާއަށް ތަޢުޒިޔާ ފޮނުވާފައެވެ. އަދި އެ މަނިކުފާނުގެ ޚިދުމަތްތައް ހަނދާންކޮށް ޝުކުރު އަދާކޮށްފައިވެއެވެ. ޖަނާޒާގެ ކަންކަން ކުރިއަށްދާނެ ގޮތުގެ މަޢުލޫމާތު އާއިލާއިން އަދި ހާމަކުރައްވާފައެއް ނުވެއެވެ.

            

މިއަދު އޮންލައިން