ފަސް އަހަރުތެރޭ ރާއްޖޭގެ މާލީ ދާއިރާ ދެގުނަ ކުރުމަކީ އަމާޒެއް: މުނައްވަރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ފަސް އަހަރުތެރޭ ރާއްޖޭގެ މާލީ ދާއިރާ ދެގުނަ ކުރުމަކީ އަމާޒެއް: މުނައްވަރު

ފަސް އަހަރުތެރޭ ރާއްޖޭގެ މާލީ ދާއިރާ ދެގުނަ ކުރުމަކީ އަމާޒެއް ކަމަށް ކުރީގެ މާލީ ވަޒީރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މުނައްވަރު މިހެން އެ މަނިކުފާނު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މައުލޫމާތު ދެއްވަމުންނެވެ.

މުނައްވަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ މާލީ ދާއިރާއަކީ ރާއްޖޭގެ އިޤްތިޞާދު އެންމެ ބޮޑަށް ސިންދަފާތު ކުރެވޭނެ އެއް ދާއިރާއެވެ. އުފެއްދުންތެރިކަމުގެ ނިސްބަތުން ރާއްޖޭގެ މާލީ ދާއިރާއަކީ 6 އިންސައްތަކަމަށާއި ފަސް އަހަރުތެރޭ އެ އަދަދު ދެގުނަ ކުރުމަކީ އަމާޒެއް ކަމަށް މުނައްވަރު ވިދާޅުވިއެވެ.

"މިއީ ކުރެވިދާނެ ކަމެއް. އަޅުގަނޑުމެންނަށް ރަނގަޅަށް މީހުން ބިނާ ކުރެވިއްޖެ ކަމުގައިވާނަމަ އަޅުގަނޑުމެންނަށް މި ސަރަހައްދުގެ އިތުރު އިންވެސްޓްމަންޓުތައް ގެނެވި، އަޅުގަނޑުމެންނަށް ސިންގަޕޫރުފަދަ މާލީ ޤައުމަކަށް ހެދިދާނެ،" މުނައްވަރު ވިދާޅުވިއެވެ.

އެހެންނަމަވެސް، ސަރުކާރު ބުނާހާއިރަކަށް ފައިސާ ޖަހަންޖެހޭނެކަމަކީ ގަބޫލު ނުކުރައްވާ ކަމެއް ކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ.

މާލިއްޔަތު ކޮމިޓީއަށް މުނައްވަރު ހާޒިރުކުރީ އެމްއެމްއޭގެ ގަވަރުނަރަކަށް މުނައްވަރު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވުމާ ގުޅިގެން އިންޓަވިއު ކުރުމަށެވެ.

މިއަދު އޮންލައިން