ސްމޯލް އައިލެންޑްސް ހޮސްޕިޓަލް ޕްރޮޖެކްޓަށް ކުވޭތު ފަންޑުން 9.8 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ސްމޯލް އައިލެންޑްސް ހޮސްޕިޓަލް ޕްރޮޖެކްޓަށް ކުވޭތު ފަންޑުން 9.8 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމައިފި

ރާއްޖޭގެ ކުދި ރަށްތަކުގައި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހިންގާ "ސްމޯލް އައިލެންޑްސް ހޮސްޕިޓަލް ޕްރޮޖެކްޓް" އަށް ކުވޭތު ފަންޑް ފޯރ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުން 9.8 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމައިފިއެވެ. 

މި ޕްރޮޖެކްޓް ހިންގުމަށްޓަކައި ދިވެހި ސަރުކާރާއި ކުވޭތު ފަންޑާ ދެމެދު ވަނީ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤެވެ. އަދި ކުވޭތު ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލް ވަލީދު އަލް ބަހަރްއެވެ.

"ސްމޯލް އައިލެންޑްސް ހޮސްޕިޓަލް ޕްރޮޖެކްޓް" ގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ހިމެނޭ ކުދި ރަށްރަށަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، އެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމެވެ. މި ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގެ ކުދި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ޞިއްޙީ ޚިދުމަތް ލިބިގެންދާނެއެވެ.

މި ލޯނު އެއްބަސްވުމުގެ ދަށުން ލިބޭ 9.8 މިލިއަން ޑޮލަރު ބޭނުންކޮށްގެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހޮސްޕިޓަލްތައް ޤާއިމުކުރެވި، ބޭނުންވާ މެޑިކަލް އިކުއިޕްމަންޓް ހޯދައި، ޞިއްޙީ ދާއިރާގެ މުވައްޒަފުން ތަމްރީނުކުރެވޭނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިއަދު އޮންލައިން