ރާއްޖޭގެ ހުރިހާ ރަށަކުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް އޮޕަރޭޝަން ކުރަނގި މުޅި ރާއްޖޭގައި ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ރާއްޖޭގެ ހުރިހާ ރަށަކުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް އޮޕަރޭޝަން ކުރަނގި މުޅި ރާއްޖޭގައި ފަށައިފި

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެކުލަވާލާފައިވާ އޮޕަރޭޝަން "ކުރަނގި" މުޅި ރާއްޖޭގައި ފަށައިފިއެވެ. މި އޮޕަރޭޝަންގެ ދަށުން ރާއްޖޭގެ ހުރިހާ ރަށަކުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.

އޮޕަރޭޝަން "ކުރަނގި" އަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، އެފަރާތްތައް ގަވާއިދުގެ ތެރެއަށް ވެއްދުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށްގެންދިޔައީ ކ.ހިންމަފުއްޓާއި، މާފުށީގައެވެ. މިހާރު މި މަޝްރޫޢު ވަނީ މުޅި ރާއްޖެއަށް ފުޅާކޮށްފައެވެ.

އޮޕަރޭޝަންގެ ދަށުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ޚާއްޞަ ޕޯޓަލެއް އެކުލަވާލާފައިވާކަމަށާއި، މި ޕޯޓަލްގެ އެކްސެސް ރަށު ކައުންސިލްތަކަށް ދީފައިވާކަމަށް އެ ވުޒާރާއިން ބުނެއެވެ. މީގެ އިތުރުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާގެ ޓީމެއް ލ. އަތޮޅުގައި މި މަސައްކަތުގައި ޢަމަލީގޮތުން އަންނަނީ ބައިވެރިވެ މަޢުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވަމުންނެވެ.

އެ ވުޒާރާއިން އިތުރަށް ބުނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއްކަން ޝައްކު ކުރެވޭނަމަ އެމީހާގެ ފޮޓޯ އެޕްލިކޭޝަނަށް އަޕްޑޭޓްކުރުމާއެކު، އެ އެޕްލިކޭޝަންގެ ޒަރިއްޔާއިން އެއީ ކާކުކަން، އަދި އެރަށަށް ކޮން ބޭނުމެއްގައި ގޮސް އުޅޭ، ކޮން ކުންފުންޏެއްގެ މީހެއްކަން އެނގިގެންދާނެ ކަމަށެވެ.

މި އޮޕަރޭޝަންގެ މަޤްޞަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ޢަދަދު މަދުކޮށް، އެފަރާތްތައް ގަވާއިދުގެ ތެރެއަށް ވެއްދުމެވެ.

މިއަދު އޮންލައިން