މަޝްރޫޢުތަކުގެ ތެރެއިން ޢަމަލީ މަސައްކަތް ފެށިފައިވާ އެއްވެސް މަޝްރޫޢެއް މަޑުޖައްސާނުލާނެ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
މަޝްރޫޢުތަކުގެ ތެރެއިން ޢަމަލީ މަސައްކަތް ފެށިފައިވާ އެއްވެސް މަޝްރޫޢެއް މަޑުޖައްސާނުލާނެ: ވަޒީރު

އެމް.ޓީ.ސީ.ސީ އާ ޙަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން ޢަމަލީ މަސައްކަތް ފަށާފައިވާ އެއްވެސް މަޝްރޫޢެއް މަޑުޖައްސާލަން ސަރުކާރުން ނިންމާފައި ނުވާކަމަށް އިމާރާތްކުރުމާއި ބިނާވެށްޓާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠޮލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެހެންނަމަވެސް، ސޮއިކޮށް ޢަމަލީ މަސައްކަތް ނުފެށިވާ މަޝްރޫޢުތައް މިވަގުތައް ނުފަށައި، ޢަމަލީ މަސައްކަތް ފެށިފައިވާ މަޝްރޫޢުތައް ނިންމުމަށް އިސްކަން ދިނުމަށް ވާނީ ނިންމާފައިކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

މިގޮތަށް ނިންމި މައިގަނޑު ސަބަބަކީ މަޝްރޫޢުތައް ކުރިއަށް ގެންދަން ބޭނުންވާ މިންވަރަށް ފާސްކޮށްފައިވާ 2024 ގެ ބަޖެޓުގައި ފައިސާ ހިމަނާފައިނުވުންކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ފެށިފައިވާ މަޝްރޫޢުތައް ވީހާވެސް އަވަހަކަށް ނިންމާލުމަށް. އެހެންކަމުން އަލަށް ފަށަން ހުރި މަޝްރޫޢުތައް މިވަގުތު ފަސްކޮށްލާފައި، ކުރިއަށްދާ މަސައްކަތްތަކަށް އިސްކަންދޭން ނިންމީ،" ވަޒީރު ވިދާޅުވިއެވެ.

އެމްޓީސީސީން ކުރިއަށް ގެންދާ މަޝްރޫޢުތައް ހުއްޓާލުމަށް އެކުންފުންޏަށް އަންގާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ދަނީ ހަގީގަތާހިލާފަށް ހަބަރުފަތަރަމުންނެވެ.

 

މިއަދު އޮންލައިން