ރައީސް ޑރ. މުޢިއްޒުގެ ވިސްނުންފުޅުހުރީ މިއަދަކަށް ނޫން! މުސްތަޤްބަލުގަ ޤައުމުގެ ހުރިހާ ރައްޔިތުންނަށް ފައިދާކުރާނެ ގޮތަށް!: މެންބަރު ސަލީމް (ރެޑްވޭވް)

މިއަދު
ކިޔުމަށް ހޭދަވާނީ 6މ 35ސ
ރައީސް ޑރ. މުޢިއްޒުގެ ވިސްނުންފުޅުހުރީ މިއަދަކަށް ނޫން! މުސްތަޤްބަލުގަ ޤައުމުގެ ހުރިހާ ރައްޔިތުންނަށް ފައިދާކުރާނެ ގޮތަށް!: މެންބަރު ސަލީމް (ރެޑްވޭވް)

ޚައްސަކޮށް އަޅުގަނޑުމެނަށް ވުރެން، އަޅުގަނޑުމީ ބައެއްފަހަރު ފައިސާ ޗާޕުކުރާށޭވެސް ރައީސް އެށް ދަންނަވާވެސް މީހެއް. އެހެންނަމަވެސް އެމަނިކުފާނުގެ ހިތްޕުޅުގަ އެއޮތީ މި ޤައުމުގެ މުސްތަޤްބަލު. ހަމައެކަނި އެމަނިކުފާނުގެ މިހިނގާ 5 އަހަރެއް ނޫން. މުޅި މުސްތަޤްބަލަށްޓަކާ މި ޤައުމު ރާވާލަނީ. އެހެންމަ މީ އަޅުގަނޑުމެން ވިސްނަން ޖެހޭނެ ކަންތައް. އެމަނިކުފާނަކީ ޚުލްޤު ރަނގަޅު އިޚްލާސްތެރި ޤައުމަށް ވަފާތެރި ތެދުވެރި، އަނެއްކާ ތިބޭފުޅުން ވިސްނަވާ އެމަނިކުފާނުގެ އެ ހުންނަ މަޝްވަރާގެ ރިވެތި އުސޫލު. ކިތަންމެ  

ކުޑަކުޑަ ކަމެއް ކަމުގައިވިޔަސް، މި އާންމު ރައްޔިތުންނަށް އެނގިވަޑައި ނުގެންފާނެ، އަޅުގަނޑުމެންގެ ލީޑަރޝިޕާ ބައްދަލުކޮށް އެ ކިތަންމެ ކުޑަ މިންވަރެއްގައި ނަމަވެސް އެ މަޝްވަރާ ކުރައްވާނެ. އަދި ކޮބައިތޯ ވަޒީރުންގެ މަޖިލީހުގަ އެ މަޝްވަރާ ކުރައްވާ. އަދި ވަޒީރުންގެ މަޖްލީހުގެ ކޮމެޓީތަކުގެ މަޝްވަރާ އައްސަވާ. އެމަނިކުފާނު ރައްޔިތުންގެ މަޝްވަރާ އައްސަވާ. މި ހުރިހާ ކަމެއް ރަނގަޅުވީމާ ދެން ކޮބައިތޯ އެމަނިކުފާނާ ދޭތެރޭގަ އަޅުގަނޑުމެން ހަސަދަވެރިވެ، އަޅުގަނޑުމެން އެމަނިކުފާނުގެ އަބުރާ ޢިއްޒަތާ، އެމަނކުފާނުގެ އަގު ވައްޓާލާ، އެމަނިކުފާނަށް ހިތު ހުރިހާ އެއްޗެއް ކިޔާ މިހަދަނީ ކީއްވެގެންތޯ؟  

މީ އަޅުގަނޑުމެނަށް އިނގޭނެ ތާރީޚުންވެސް އަޅުގަނޑުމެންނަށް އިނގޭނެ މީހަކު ރަނގަޅަށް ކަންކަން ކުރާ ކަމަށް ވަންޏާ އެމީހަކާ ދޭތެރޭގަ އަންނާނެ ނުރުހުން. އަންނާނެ. އެންމެން ރުއްސުމަކީ އެއްވެސް އިންސާނަކަށް ކުރެވޭނެ ކަމެއް ނުން. އެއީ އަޅުގަނޑުމެން ފޮނުވި މާތް ﷲ ސުބޫޙާނަހޫ ވަތަޢާލާ މި އުއްމަތަށް ފޮނުވި މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއީ މި ބިމަށް އުފަންވި އެންމެ މާތް އިންސާނާ. އެކަލޭގެފާނަށް އެންމެން ރުހުނުތޯ؟ އެންމެ ކައިރީގަ ތިބި ތިމާގެ މީހުންވެސް ނުރުހި ދިޔައީ.  

އެހެންވީމަ އަޅުގަނޑުމެން ވިސްނަންޖެހޭ އެއްޗަކީ އެންމެން ރުއްސައިގެން އަޅުގަނޑުމެންނަކަށް ޤައުމެއް ނުހިންގޭނެ. އެއްވެސްކަމެއް ނުކުރެވޭނެ. އަޅުގަނޑުމެން ދާންޖެހޭނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީގައި ހަމަ މަގުންގޮށް މި ޤައުމު ހަމަމަގަށް އަޅުވާނީ. އެއީ އަޅުގަނޑުމެން ޑރ.މުޢިއްޒުގެ ވިސްނުންފުޅަކީ. އެއްގޮތަކަށްވެސް  

އަޅުގަނޑު ރައީސުލް ޖުމްހޫރިއްޔާއަށް ދަންނަވާލަން އޮތީ މީހަކު ދައްކާ ވާހަކައަކަށް ނުބައްލަވާށޭ. މީހުން ދައްކާހާ އެއްޗެއް ނުބައްލަވާށޭ. ނޫސްތަކުގަ ޖަހާ އެއްޗަކަށް އެއަށް ރައްދު ދޭނެކަމެއް ނެތޭ. އަދި ސޯޝަލް މީޑިއާގަ ދައްކާ ވާހަކައަށް އަޑުއަހާނެ ކަމެއް ނެތޭ. އަދ މިއޮތް ޖާހިލިއްޔާ އަޅުގަނޑުމެންގެ ޒަމާނުގަ، ކީކޭ ބުނާނީ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަޑައިގެންނެވި  ޒަމާނަށްވުރެވެސް އަޅުގަނޑުމެންގެ މި ސޯޝަލް މީޑިއާގެ ޖާހިލުކަން މިއޮތީ އިންތިހާއަށް ގޮއްސަ. އެހެންވީމަ މިކަހަލަ ޒަމާނެއްގަ އަޅުގަނޑުމެން އެއިން ލިބޭ މައުލޫމާތެއް ބަލާ ބަހައްޓާފަ އަޅުގަނޑުމެން އެވާހަކަ ދައްކަންވެއްޖެއްޔާ ކިހިނެއްތޯ ދުވާލު ހަތަރުދަމު އަޅުގަނޑުމެން އުޅެއްންޖެހޭނީ އެކަމުގަ. އެދުވަހު ހަތަރުދަމު ރޭގަނޑާ އެއްކޮށް އެއާމެދު ވިސްނާ ނުނިދި އަޅުގަނޑުމެން ތިބެންޖެހޭނެ، މިހާލުގަ ހަރާން ކަމެއް ނުކުރެވޭނު.  

އެހެންމަ އަޅުގަނޑު ދަންނަވާލަންއޮތީ ސޯޝަލް މީޑިއާގަ ލިޔާނެ އެއްޗެއް ލިޔާށޭ، ޖަހާނެ އެއްޗެއް ޖަހާށޭ. އަޅުގަނޑުމެންގެ ކަންތައްތައް ދާނީ ކުރިއަށް. އެއަކަށް އަޅުގަނޑުމެން ނުބަލާނަން.  

ދެން އަޅުގަނޑު ދެންމެ ދައްކައިފިން އެމަނިކުފާނުގެ ޚުލްޤުފުޅުގެ ރަނގަޅުކަމާއި، އެމަނިކުފާނުގެ ހިތްތިރި ކަމާއި، އެމަނިކުފާނުގެ އަޚުލާޤުގެ ރަނގަޅު ކަމާއި. މީ އެމަނކުފާނުގެ އަރިހުގައި ހަޤީގަތުގައި އަޅުގަނޑުމެންގެ މިއޮއް ބޮޑު ޓީމު އޮތުމުގެ އަސްލަކީ. އެމަނިކުފާނަކީ މިކަހަލަ ސިފަތަކެއް ނެތް ބޭފުޅެއްނަމަ އެމަނިކުފާނު އަރިހަކު މިގޮތަކަށް މީހުނެއް ނުތިބޭނެ. ހިނގައިދާނެ. ތިބޭފުޅުން ވިސްނަބަލަ ނިކަން މިދިޔަ އިންތިޚާބު ތަކުގައި ކާކުތޯ ބުނީ އަޅުގަނޑުމެންނަށް 76 ގޮނޑި، 75 ގޮނޑި 80 ގޮނޑި ލިބޭނެއޭ. އިދިކޮޅު ފަރާތްތަކުންވެސް އަދި ހުރިހާ ފަރާތަކުންވެސް، ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް ވިސްނައިގެން ތިބީ އަޅުގަނޑުމެންނަށް ލިބޭނީ 30 އަކަށް 40 އަކަށް ގޮނޑިއޭ. އެހެންނަމަވެސް އެމަނިކުފާނު އަޅުގަނޑުމެން ކައިރީގަ ވިދާޅުވީ  65 ގޮނޑި އެންމެ މަދުވެގެން ތިމަންމަނިކުފާނު ނަންގަވާނަމޭ. އެހެރީ އެމަނިކުފާނު، ރައްޔިތުންގެ ވިސްނުންފުޅު އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މިންވަރު. އަޅުގަނޑުމެންނަކަށް ތަނެއް ދޮރެއް ނޭންގުނޭ. ހުދު އަޅުގަނޑުމެންވެސް ހީކުރީ 30 ހަކަށް ގޮނޑި، ވަރަށް ކަންބޮޑުވެފަ ތިބީ. އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމަނިކުފާނު ރައްޔިތުންގެ ވިސްނުން ހޯދާލި މިންވަރު އެހެރީ. އަޅުގަނޑުމެން އުޅޭތާ 40 އަހަރުވެއްޖެ ސަރުކާރުގަވެސް. ހަރާން މީންކަމެއް އަދިވެސް އިނގޭވަރެއް ނުވޭ.  

އެހެންވީމަ، އަޅުގަނޑު ދަންނަވަންއޮތީ، އަޅުގަނޑު އަނެއްކާވެސް ދާންޖެހޭނީ ކީރިތި ޤުރުއާނުގެ ޢާލްއިމްރާން ސޫރަތުގެ 159 ވަނަ އާޔަތަށް. މި އާޔަތުގެ މާނަ އަޅުގަނޑު ދަންނަވާލާނަން. މި އާޔަތުގަ މާތް ﷲ ވަޙީ ކުރައްވަނީ " ކަލޭގެފާނަށް އެމީހުންނާ ދޭތެރޭގަ އޯގާތެރިވެ ވަޑައިގެންނެވެނީ ﷲ ގެ ޙަޒްރަތުން ލެއްވި ރަޙްމަތެއްގެ ސަބަބުންނޭ. ކަލޭގެފާނަކީ ހަރުކަށި ޚުލްޤު ނުބައި ބޭފުޅަކު ކަމުގައި ވީނަމަ ކަލޭގެފާނު އަރިހުން އެމީހުން ފެއަށް ޖެހިއްޖީހެވެ. ކަލޭގެފާނު އެމީހުންނަށް މައާފު ކުރައްވާށޭ، އަދި އެމީހުންނަށް ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރައްވާށޭ. އަދި އެމީހުންނާ އެކުގައި (މި އަންނަނީ އެއްކަލަ ތަންކޮޅު) މަޝްވަރާ ކުރައްވާށޭ."   

މަޝްވަރާ ކުރައްވާށޭ އެންމެ ފަހު ޕޮއިންޓަކަށް މި އަންނަނީ. މި ޙާދިސާ އާއި ބެހޭގޮތުން އަޅުގަނޑު ކުޑަކޮށް ތަފްޞީލެއް ދޭނަން.

މިޙަޤީގީ ޙާދިސާއަކީ އުހުދު ހަނގުރާމައިގެ މައްސަލަ. މި އާޔަތް ބާއްވާ ލެއްވުނީ އުހުދު ހަނގުރާމައިގެ ފަހުން ކަމަށް ޢިލްމުވެރިން ވިދާޅުވަނީ. އުހުދު ހަނގުރާމައަކީ އަޅުގަނޑުމެން މުސްލިމުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ހަނގުރާމައެއް. އެ ހަނގުރާމައިގައި އެ ގެއްލުން ލިބުނީ ކީއްވެގެންތޯ. އެ ހަނގުރާމައިގައި އެ ގެއްލުން ލިބުނީ ވެރިމީހާއަށް ކިޔަމަން ނުވުމުގެ ސަބަބުން. އެހެންވީމާ އަޅުގަނޑުމެން  ވިސްނަންޖެހޭނީ ވެރިމީހާއަށް ކިޔަމަން ނުވުމުގެ ސަބަބުން ލިބިދާނެ ގެއްލުމުގެ ބޮޑުކަން.  

އެހެންމަ މިހިރަ ކަންތައްތަކަކީ އަޅުގަނޑުމެން ހުރިހާ ބޭފުޅުން، ހުރިހާ ވަޒީރުންވެސް އަދި އަޅުގަނޑުމެންގެ އިސް ސަފުގައި ތިބި ހުރިހާ ބޭފުޅުންވެސް، އަޅުގަނޑުމެން ވިސްނަން ޖެހޭނެ ކަންކަން. މީހުންނާ ދޭތެރޭގަ އޯގާތެރިކޮށް ކަންތައް ކުރަންޖެހޭނެ. ވިސްނުންތެރިކަމާ އެކީގަ ކަންތައްތައް ކުރަންޖެހޭނެ. އެއްގޮތަކަށްވެސް އަޅުގަނޑުމެން މީހުންނާ ދޭތެރޭގަ ހަރުކަށިކަން ދައްކާ އަޅުގަނޑުމެން ގޮތްދޫނުކޮށް، އަޅުގަނޑުމިދޭޖަވާބަކީ ރައްޔިތުންނަށްވުރެން ދަށުގަ އަބަދުވެސް އަޅުގަނޑުމެން ތިބޭނީ. އަޅުގަނޑު މިހުރީ ރައްޔިތުންނަށްވުރެން ދަށުގަ. އަޅުގަނޑުމެންނަށް ރައީސް އިރުޝާދު ދެއްވަނީވެސް އެގޮތަށް.  

ޢުމަރުގެފާނު އެކަލޭގެފާނު ކޮންމެ ޤައުމަކަށް ގަވަރުނަރަކު އައްޔަން ކުރާއިރު ކޮންމެ ބޭފުޅަކަށް ދަންނަވާ ކަލޭމެންގެ ކަންތައް ހުންނަންވާނީ ސީދާ އާންމު ރައްޔިތުންނާ އެއް ލެވެލްގައޭ. އެއަށްވުރެން މަތީ ލެވެލްއަކަށް ކަލޭމެން އަރައިގެން ނުވާނެއޭ. ގޭގަ ފާރަވެރިއަކުވެސް ބަހައްޓައިގެން ނުވާނެއޭ. އެ ލެވެލްއަށް ހުންނަނީ އެބައިބައި. މީގެތެރޭގައި އެބޭފުޅުންނަށް ދޭ އެބޭފުޅުން އުޅުއްވާ މިންގަނޑެއްވެސް. އޭގެތެރެއިން އެއްކަމެއްގައި އެއްފަހަރު ދިމާވި ޙާދިސާއަކީ ޢުމަރުގެފާނު އަންގަވާފަ އޮންނާނެ އޫހިމަ ފޮތީގެ ފޭރާން ނުލުމަށް. ދެން އަޅުގަނޑުމެން މި ޒަމާނުގަ މިކިޔާ އެންމެ ފެންވަރު މަތީ ގަމީސްކަހަލަ އެއްޗެހި އެއީ އިނގޭތޯ. އޭރުގަ ލާ އެންމެ މޮޅު އެތި އެއީ. ދެން އެހެން އުޅެނިކޮށް ގަވަރުނަރަކު މީގެ ހެދުމެއް ތުރުކުރެއްވީ. ތުރުކުރެއްވީމަ އެ ގެންނެވީ. ގެންނަވާފަ ޝަރީޢަތް ކުރެއްވި، ޝަރީޢަތް ކުރި އިރުގައި ޙަޤީގަތިގައިވެސް މީ ހިނގިކަމެއް. ހެއްދެވި އެއްޗަކީ ކޮބައިތޯ. އުއިފަލަ ފޮތީގެ ފޭރާމެއް ލައްވާފަ ބަކަރި ހުއިހައްޕަން ފޮނުވީ.  

- އޭދަފުށީ ދާޢިރާގެ މެމްބަރު އަޙުމަދު ސަލީމް ޕީއެންސީ ޖަގަހއިގަ ދެއްކެވި ވާހަކަފުޅުން

މިއަދު އޮންލައިން