ކުރިއަށް މިދަނީ މުޅި ޤައުމު އިޞްލާޙްކުރުމުގެ ޕްރޮގްރާމެއް! އެކަމުން އެންމެންނަށް ފައިދާކުރާނެ!: މެންބަރު ސަލީމް (ރެޑްވޭވް)

މިއަދު
ކިޔުމަށް ހޭދަވާނީ 8މ 44ސ
ކުރިއަށް މިދަނީ މުޅި ޤައުމު އިޞްލާޙްކުރުމުގެ ޕްރޮގްރާމެއް! އެކަމުން އެންމެންނަށް ފައިދާކުރާނެ!: މެންބަރު ސަލީމް (ރެޑްވޭވް)

އެހެންމަ އަޅުގަނޑުމެންގެ މިންގަނޑުތައްވެސް ހުންނަންވާނީ އަޅުގަނޑުމެން ހަމަ މި ނަމޫނާގަ. އަޅުގަނޑުމެންނަކަށް ދަތިހާލެއް ނުޖެހޭ އެކަމުގެ ޔަޤީންކަން އަޅުގަނޑުމެން ދެން. އަޅުގަނޑުމެން މިއޮތީ އިސްލާޙް ކުރުމުގެ ޕްރޮގްރާމް. ރައީސް އެ ގެންދަވަނީ މި ޤައުމު އިސްލާޙުގެ ޕްރޮގްރާމަކަށް. ދިވެހި ރައްޔިތަކަށް އޭގެ ސަބަބުން އެއްވެސް އުނިކަމެއް ނާއްނާނެ. ބައެއް ބޭފުޅުން އާސަންދައިގެ ވާހަކަ ދައްކަވާފާނެ. އާސަންދައިން ތިމަންނައަކަށް މާދަމާ ނުލިބެއޭ. މިހެން ކިޔައިގެން މި އިދިކޮޅު ފަރާތްތަކުން ދައްކާ ދޮގު ވާހަކަތައް މީ. އާސަންދަ އުނިވާނެ ނިކަމެތި އެއްވެސް ރައްޔިތަކު ނާއްނާނެ. އެއްވެސް ރައްޔިތަކު ނާއްނާނެ. އަދި ދެންހުރި އެއްވެސް އެލައުންސެއް އެއްވެސް އެއްޗެއް، އާދައިގެ ނިކަމެތި ޙައްޤުވެރި ފަރާތަކަށް ލިބެން ޖެހޭ އެއްވެސް އެއްޗެއް އުނިވެގެންނެއް ނާއްނާނެ. އެއީ ރައީސް މުޢިއްޒު ހަމަ ސީދާ މުޠުލަޤަށް ވިދާޅުވެފަ އޮތް އެއްޗެއް.

ދެން ކޮބައިތޯ އަޅުގަނޑުމެން މީގަ ވިސްނަންޖެހޭ ކަމަކީ؟ ކޮބައިތޯ އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ ކަމަކީ؟ އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަށް އެވާހަކަ ދެއްކި ކަމުގައި ވިޔަސް އަޅުގަނޑުމެން ކަންބޮޑުވާކަށް ނުޖެހޭ. އަޅުގަނޑު ދަންނަވާލަން އޮތީ މީގަ އަޅުގަނޑުމެންނާ ބެހޭގޮތުން ދޮގު ވާހަކަތައް ދައްކާ މީހުން ފަޞީހަތް ކޮށް އެބަ ހަދަމުން ގެންދޭ ގާތްގަނޑަކަށް ކޮންމެ ދުވަހަކު ކޮންމެ ރެއަކު ކަހަލަ ގޮތަކަށް. މީގަ އަޅުގަނޑުމެންނަށް، ޙަޤީގަތުގަ އަޅުގަނޑުމެން އެބަ ބުނަންތާ އެއިޑްސް ބަލީގެ ވާހަކަ މީފަރުވާއެއް ނެތް ބައްޔެކޭ. ޙަޤީގަތުގައި އެއިޑްސް ބަލީގެ ފަރުވާވެސް އެބަހޯދާ. ކެންސަރަކީ ފަރުވާއެއް ނެތް ބައްޔެކޭ އެބަ ބުނޭ. ކެންސަރަށްވެސް އެބަ އަޅުގަނޑުމެން ކީމޯ ދީގެން އަނެއްކަމެއް ކޮށްގެން އެބަ ރަނގަޅުވެސް ކުރޭ.

އެހެންނަމަވެސް އަޅުގަނޑުމެން ބަލާށޭ މީއެއް ނޫން ޙަޤީގަތުގައި ފަރުވާ ނެތް ބަލިތަކަކީ. ފަރުވާނެތް ބަލިތަކަކީ ހަޤީގަތުގައި ތިމާގެ ކިބުރުވެރިކަމާއި ތިމާގެ ބޮޑާކަމާއި ތިމާއަށްވުރެން މޮޅު މީހަކު ނެތްކަމާއި މާމޮޅުމީހަކަށް ހެދިގެން ތިމާ އުޅުމާއި ހަސަދަވެރިކަމާއި ނަފްރަތުގެ ބޮޅު. މިއިން އެއްވެސް ކަމަކަށް ފަރުވާއެއް ނެތް އަދި ދުނިޔޭގެ ހޯދިފަކާނެތް. އެހެންވީމަ މީ ދުނިޔޭގަ ނިމުމާ ހަމައަށްވެސް ފަރުވާއެއް ލިބޭނެ ކަމެއް ނުން. މީ އަޅުގަނޑުމެންނަށް ވެގެން އުޅޭ ގޮތަކީ. މީގެ ނުރައްކާ ކޮބައިތޯ؟ 

އެންމެ ފުރަތަމަ އަޅުގަނޑުމެން މީހުން ފަޟީހަތް ކުރުމުގެ ވާހަކައަށް އަޅުގަނޑު ދާނަން. ތިބޭފުޅުން ނިކަން ވިސްނަވާ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދާޘް ކުރައްވަނީ (އަރަބި) " ދުނިޔޭގައި މީހެއްގެ ކަންތައްތައް،މީހެއްގެ އައިބުތައް  ވާހަކައަކީ  ފޮރުވައިދީފި މީހަކަށް ޤިޔާމަތްދުވަހުން މާތް ﷲ އެމީހާގެ ކަންތައްތައް ފޮރުވައިދެއްވާނެ ކަމަށް." މި ބަލާބަލަ މިއޮއް ބަސްފުޅު. އަޅުގަނޑުމެން ކާކުތޯ ރެއާދުވާލު ކޮންމެސް ގޯސްކަމެއް ކޮންމެސް ނުބައި ކަމެއް ނުކުރާ މީހަކު އެބައުޅޭތޯ؟ މި އިންސާނުންވީމަ ކުރެވޭނެ. 

އެކަމު އެކަންތައްވެސް ސިއްރުކުރައްވަނީ ކޮން ފަރަތަކުންތޯ؟ ﷲ ސުބުޙާނަހޫ ވަތަޢާލާ. އެކަލާންގެ ފަޟީހަތް ކުރައްވައިފިއްޔާ ކާކަށްތޯ ސަލާމަތްވާނީ. އެކަކަށްވެސް ސަލާމަތެއް ނުވެވޭނެ. އެންމެން ތިބޭނީ ފަޟީހަތް ވެފަ އިރުއަރާއިރުގަ. އެހެންމަ މީ އަޅުގަނޑުމެން ޖެހޭނެ ވިސްނަން. މީހުން ފަޟީހަތް ކުރަން ކޮންމެހެން އުޅޭނެ ކަމެއް ނެތް. އެދުހު ފަޟީހަތްކުރާ މީހާ އަނެއްދުވަހު އިރުއަރާއިރުގަ އިންނާނީ ފަޟީހަތް ވެފަ. އެހެންމަ މިކަމަށް ސަމާލުކަން ދީގެން މީހުން ފަޟީހަތް ނުކޮށް އުޅެވޭތޯ ބަލަންވީ. 

އަދި އެހެން ހާދިސާއަކަށްވެސް އަޅުގަނޑު ޖެހިލާނަން. މޫސާގެފާނު ޒަމާނުގައި ހިނގި ހާދިސާއެއް. މީ ވަރަށް ވާހަކަ އިނގޭތޯ. ތިބޭފުޅުން އަޑު އައްސަވާތި އަޅުގަނޑު މި ދައްކާ ވާހަކައިގަ ވަރަށް ރަނގަޅަށް ވިސްނުންވެސް ބަހައްޓާތި. މޫސާގެފާނު ޒަމާނުގައި ކޮންމެއަކަސް ވާރޭނުވެހިގެން އެކަލޭގެފާނު ވާރޭ ވެހުމަށްޓަކައި ދުޢާފުޅު ކުރެއްވި. ދުޢާފުޅު ކުރެއްވީމާ ކޮންމެއަކަސް ވާރެއެއް ނުވެހުނު. ރަސޫލުބޭކަލަކު ދުޢާއެއް ކުރައްވައިފި ކަމަށް ވަންޏާ އެ ދުޢާއަކީ އިޖާބަވާ ދުޢާއެއް. އެހެންވީމާ އެ ދުޢާ އިޖާބަ ނުވީމާ ކަންބޮޑުވީ. މޫސާގެފާނު ދެންނެވި ކިހިނެއްތޯއޭ މިވީ. ވަޙީކުރެއްވީ ތިތަނުގަ އެބައިނޭ ތިމަން ﷲ އަށް 40 އަހަރުވަންދެން އުރެދުނު މީހަކު، އޭނަ ނެރޭށޭ ތިތަނުން. އޭރުންނޭ ދުޢާ އިޖާބަ ކުރައްވާނީ. ކިހިނެއްތޯ އަޅުގަނޑުމެން މީގެ ތެރެއިން އެމީހާ ހޯދާނީ. އަޅުގަނޑުމެން ކިހިނެއްތޯ ހޯދާނީ. މޫސާގެފާނު ކަންބޮޑުވެއްޖެ. އެއިންމީހަކު ހޯދޭނެ ގޮތެއް ނެތް، ފެނިފައެއް ބަލާ ކާކުތޯ މީނަތޯ އޭނަތޯ އެހެން ބަލަން ކިހިނެއްތޯ އިނގޭނީ. ނޭންގުނު. އެންމެފަހުން ކުޑައިރުކޮޅަކުން ވާރޭ ވެހިއްޖެ. ވާރޭ ވެހުނީމާ މޫސާގެފާނު މި ދަންނަވަނީ ކިހިނެއްހޭ މިވީ؟ ވާރޭ ވެހުނީ. ﷲ ވަޙީ ކުރެއްވީ ކީކޭތޯ؟ އެމީހަކު ތަޢުބާ ވެއްޖެއޭ. އެމީހަކު ތަޢުބާ ވެއްޖެއޭ. ދެން ކީކޭތޯ މޫސާގެފާނު އަނެއްކާ ދެންނެވީ. ތިމަންކަލޭގެފާނަށް އެމީހަކު އަންގަވާލަދެއްވާށޭ. ކީކޭތޯ ވަޙީކުރެއްވީ. މި އަންނަނީ މީގެ މުހިއްމު ތަންކޮޅު، ތިބޭފުޅުން ވިސްނަންވީ. ކީކޭ ވަޙީކުރެއްވީ؟ އެކަލޭގެ، އޭނަ 40 އަހަރުވަންދެން ތިމަން ﷲ އަށް އުރެދުނު އިރުގައި ތިމަން ﷲ އޭނަ ފަޟީހަތް ނުކުރައްވަމޭ. ދެން މިއަދު އޭނަ ތަޢުބާވީމަހޭ ތިމަން ﷲ އޭނަ ފަޟީހަތް ކުރައްވަންވީ. އެއަކީ އެކަންވާނެގޮތެއް ނޫން. އެކަމެއް ނުކުރެވޭނެއޭ. 

އެހެންމަ، ތިބޭފުޅުން ވިސްނަވާ މިހިރީ މީހުން ފަޟީހަތް ކުރުމުގައި، މީގެ ބައިވަރު ޙަދީސް މީގެ ބައިވަރު މައްސަލަތައް އެބަހުރި. އެހެންނަމަވެސް މިކަހަލަ ވަޤުތެއްގައި އަޅުގަނޑުމެންނަށް މި ހުރިހާ ވާހަކައާއިގެން އަޅުގަނޑުމެންނަކަށް ކުރިއަކަށް ނުދެވޭނެ. މި އައީ އަޅުގަނޑުމެން މީހުން ފަޟީހަތް ކުރުމުގެ ވާހަކަ. ދެން އޮތީ ހަސަދަވެރިކަމާއި ބޮޑަ ކަމުގެ ވާހަކަ. 

މީ އަނެއްކަ އަނެއް އެންމެ ނުރައްކާތެރި ކަންތައް. ތިބޭފުޅުންނަށް އިނގޭނެ މީ އާންމު އެންމެން ދަންނަ ޙަދީޘްއެއްމީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްއެއް. ހަސަދަވެރިކަމަކީ އެއްކަލަ މީހާ ކުރާ ހެޔޮކަންތައް، އެއްކަލަ މި އަލިފާން ދަރުގަނޑަކުން އަލިފާނުން އޭތި ކާލާފަދައިން އެ ހެޔޮ ކަންތައް ނެތިގެން ދާ ވާހަކަ. އެމީހާ މުޅި ދުވާލު ހަތަރުދަމު ރޭގަނޑާ އެއްކޮށް ކުރާ ހުރިހާ ހެޔޮކަމެއް މި ހަސަދައިގެ ސަބަބުން ގެއްލިގެން އެދާކަން އެޔޮތީ އެޙަދީޘްގައި. މިއިން ކާކުތޯ މިކަމާ ވިސްނަނީ. އަޅުގަނޑުމެން ކޮންމެ ދުވަހަކާ ރޭގަނޑަކާ އަޅުގަނޑުމެން އެކަކު އަނެކަކު ފަޟީހަތް ކޮށް މަލާމާތް ކޮށް ހަސދަވެރި ވާހަކަތައްދައްކާ ބޮޑާކަމާއި ކިބުރުވެރިކަން ދައްކައިގެން އަޅުގަނޑުމެންނަށް މިއިން ކޮންކަމެއްތޯ ހާސިލްވާނީ. މިއިން އެއްވެސް ކަމެއް ހާސިލެއް ނުވާނެ.

ދެން ތިބޭފުޅން ވިސްނަވާ ނޫޙު ޢަލައިހިއް ސަލާމް، އެކަލޭގެފާނަކީ 950 އަހަރު އެކަލޭގެފާނު ރަސޫލުކަން ކުރެއްވި. އެހެން ނަމަވެސް ނިކަން ވިސްނާބަލާ މީސްތަކުންގެ ތެރެއިން އެކަލޭގެފާނަށް ކިޔަމަންވިކަމަށް ބައެއް 

ރިވާއަތްތަކުން އަންނަނީ 40 އަނެއްބައި ރިވާއަތްތަކުން އަންނަނީ 80 އަނެއްބައި ބައެއް ރިވާއަތުގަ އާދޭ 8 ކަމަށްވެސް. 950 އަހަރު ވަންދެން ރަސޫލުކަން ކުރެއްވި ބޭފުޅަކަށް ވިސްނާ ބައްލަވާ މީހުންގެ ހާލަތު ރަނގަޅު ކުރެވުނު ވަރު. ދެން އަޅުގަނޑުމެން އަދި މީހަކު މިހެން އަދި މިއުޅޭ ހައެއްކަމީހުން ގޯށްވީއޭ ކިޔާފަ އަޅުގަނޑުމެން ކޮންކަމަކާތޯ ކަންބޮޑުވާންޖެހޭނީ. އަޅުގަނޑުމެން ނުޖެހޭ ކަންބޮޑުވާކަށް. އަޅުގަނޑުމެން މި ޤައުމާއިގެން ކުރިއަށްދާންވީ. އެ ހާލަތުގައިވެސް އެކަލޭގެފާނަށް ނާކޮޅު ބަނދެގެން ނާކޮޅަށް މީހުން އެރުވި ބޮނޑީގައި އެއްކަލަ އިބްލީސް، ޝައިޠާނާ އައިސް އެއަކަލަ ނާކޮޅަށްވެސް އަރަން އުޅެނީ. މި މަގުފުރެއްދި ޝައިޠޯނާ. އަޅުގަނޑުމެންގެ ތެރޭގަވެސް ހަމަ މިގޮތަށް މަގު ފުރައްދާ ޝައިތޯނުން ނޫންތޯ މިއުޅެނީ. މީގަ ބުނެވެން އެބައޮތޭ އެވާހަކަ. 

މިއޮތީ މި އައްނާސި ސޫރަތުގަ (އަރަބި) " ޖިންނީންނާއި އިންސީންގެ ތެރެއިންވެސް، އިންސާނުންގެ ތެރެއިންވެސް ޝައިޠާނުން ވާކަމަށް." އެހެންމަ އަޅުގަނޑުމެންނަށް ކިހިނެއްތޯ މި ވާހަކަ ދައްކަން ފަސޭހަވާނީ. މީ ދައްކަން މާ ފަސޭހަ ވާހަކަތަކެއްވެސް ނޫން. ދެން ނޫޙުގެފާނު ނާކޮޅަށް ކޮންމެއަކަސް ޝައިޠާނާ އަރަން އުޅުމުން ނޫޙުގެފާނު ހިފަހައްޓަވައިފި، ނޫޙުގެފާނު ހިފަހައްޓާފަ ނޫޙުގެފާޏު ވިދާޅުވީ ތިމަންކަލޭގެފާނު 950 އަހަރު ރަސޫލުކަން ކޮށްފީމޭ، ވަރަށް މަދު މީސްކޮޅެކޭ. ކަލޭ ކޮންގޮތަކަށްހޭ މީހުން މަގުފުރައްދަނީ. މީނަ ބުނީ ތިމަންނަ 5 ކަމަކުން މީހުން މަގުފުރައްދަމޭ، 5 ގޮތަކަށް. އޭގެތެރެއިން 3 ގޮތެއް ކަލޭގެފާނަށް ކިޔައިދީފާނަމޭ، އެކަމަކު އަނެއް 2 ގޮތެ ކިޔައެއް ނުދޭނަމޭ. ދެން ނޫޙުޢަލައިހިއް ސަލާމް ވިދާޅުވީ ތިމަންކަލޭގެފާނު ބޭނުމެއް ނޫނޭ ތިބުނާ 3 ގޮތެއް. ކަލޭ ތި ނުބުނަން އުޅޭ 2 ގޮތް ބުނެދޭށޭ. އެވަގުތު މާތް ﷲ ގެ ވަޙީބަސްފުޅު އައި ނޫޙުޢަލއިހިއް ސަލާމް އަށް އެގޮތަށް އެ 2 އެތި ހޯދަން. ކޮންމެއަކަސް ނޫޙު ޢަލައިހިއް ސަލާމް އެކަލޭގެފާނު އެވާހަކަ އެހީމަ އެންމެ ފަހުން ކީކޭތޯ ބުނީ، ބުނީމާބުނީ ތިމަން މިބުނާ 2 ކަންތައްތަކަކީ ހަސަދަވެރިކަމާ ބޮޑާކަމާއި އަމިއްލަ އެދުން ބޮޑުކަމޭ. މީ އެންމެ ނުރައްކަތެރި 2 ކަންތައް. މިއޭ ތިމަންނަ މީސްތަކުން މަގުފުރައްދާ 2 ކަންތައް. ތިމަންނައަށް ޖެހުނު ހާލަކީ ތިމަންނަގެ ބޮޑާލަމާއި ކިބުރިވެރިކަމުން މިހާލަތަށް ތިމަންނަ ވެއްޓެން ޖެހުނީއޭ. ޝައިޠާނާ މިބުނަނީ ތިމަންނަ ވެއްޓެން ޖެހުނު ހާލަތަކީ މީއޭ. ދެން ކަލޭގެފާނު ވިސްނާށޭ އާދަމް ޢަލައިހިއް ސަލާމް ކަލޭމެންގެ ބަފާއަށް ޖެހުނު ހާލަތަކީ އަމިއްލަ އެދުން ބޮޑުވީއޭ. ﷲ 

އެނގެވިގޮތާ ޚިލާފަށް، މިސާލަކަށް އިބިލީސް އޭރުގަ ނަސޭހަތް ދެމުންމިއައީ ކަލޭގެފާނު އެގަހުން ފަރިއްކުޅުވައިފިއްޔާ މަލާއިކަތުންގެ ދަރަޖަ ލިބޭނޭ، ދުވަހަކުވެސް އަވަހާރައެއް ނުވާނޭ، މިގޮތަށް މި ނަސޭޙަތް ދެމުން މި ގެންދިޔައީ. އެހެންމަ އަމިއްލަ އެދުން ބޮޑުވިކަމަށް މި ބެލެވެނީ. މީ އެންމެ ނުރައްކާތެރި 2 ކަންތައް. 

އެހެންމަ ތިބޭފުޅުން ވިސްނާބައްލަވާ މި ހަސަދަވެރިކަމާ ބޮޑާކަމާއި އަމިއްލަ އެދުމާއި މިހިރަ ކަންތައްތަކުގެ ވާހަކައިން ކަންތައް ދިޔަ ހިސާބު. ދެން ތިބޭފުޅުން ވިސްނާލަބަލަ، ވެރިންނަށް ކިޔަމަންތެރިވުމާ ބެހޭގޮތުންވެސް އަޅުގަނޑު ދަންނަވާލިން. އަޅުގަނޑުމެންނަށް އޮތީ ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަނީ " ތިމާ ރުހޭ ހާލަތުގައާއި، ތިމާ ނުރުހޭ ހާލަތުގައާއި، އަދ ދަތި ހާލުގައާއި، ތަނަވަސް ހާލުގައާއި، އަދި ތިމާއަށް ބޭނުންވާކަމެއް ނުކުރެވޭ ހާލަތުގައިވެސް ތިމާއަށް ދަތިތަކެއް ކުރިމަތިވާ ހާލަތުގައިވެސް އޮތީ ވެރިމީހާއަށް ކިޔަމަންވުން." މިހިރީ ހުރިޙާ ކަމެއް އައިސް. އަޅުގަނޑު ހީކުރީ ހަމަ މި ޙަދީޘް ބަލައިލާފާ މީހަކު ދެންމެއަކު މިއަދަށް ޙަދީޘް ކުރެއްވި އެއްޗެއް ބާވައޭ. އޭރުގަ ހުރި ހަދީޘްތައް. ދެން ހަދީޘްތަކަކީ މީއަކީ އެކަލޭގެފާނު އަމިއްލަފުޅަށް ވިދާޅުވާ އެއްޗިއްސެއް ނޫން. މީ ﷲ ގެ ވަޙީ ބަސްފުޅު. އެކަލޭގެފާނުގެ ދުލުން ބޭރުވާ ކޮންމެ ބަހަކީ ވަޙީ ބަސްފުޅު. ތިބޭފުޅުން ނިކަން ވިސްނަވާ. 

- އޭދަފުށީ ދާޢިރާގެ މެމްބަރު އަޙުމަދު ސަލީމް ޕީއެންސީ ޖަގަހއިގަ ދެއްކެވި ވާހަކަފުޅުން

މިއަދު އޮންލައިން