ދެން އަޅުގަނޑަށް އަދި މި ދެވެނީ އެހެން މައުޟޫއަކާ ދިމާއަށް ކަންނޭންގެ. އަސްލު ޙަޤީގީ މައުޟޫ އަދިވެސް އޮތީ.
ދެން ތިބޭފުޅުން ނިކަން ވިސްނަވާ ބައްލަވާ އަޅުގަނޑުމެންގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިނގޭތޯ، އަޅުގަނޑުމެން ޤައުމުދެކެ ލޯބިވާކަން މި އެނގެނީ ކީއްވެގެންތޯ؟ އެމަނިކުފާނު ދީން ދެކެ ލޯބިވާތީ. ފަރުޟު 5 ނަމާދު ކުރައްވާތީ. ޢިލްމުވެރިންގެ ސުލްޠާނު ޢިއްޒުބުނި އަބްދުއް ސަލާމް ވިދާޅުވަނީ، ދީން ދެކެ ލޯބިނުވާ މީހަކު އެ ޤައުމެއް ދެކެ އެމީހަކު ލޯތްބެއް ނުވާނެއޭ. ޤައުމުދެކެ އެމީހާ ލޯތްބެއް ނުވާނެއޭ. ދެން ކިހިނެއްތޯ އަޅުގަނޑުމެންގެ ތެރޭގަ މިއުޅޭ ދީނާ ދުރު މީހުން އަޅުގަނޑުމެންގެ މި ޤައުމުގެ ވެރިކަމަށް އައިއްސަ މި ޤައުމަށް އިޚްލާސްތެރި ވާނީ. ކިހިނެއްތޯ ވެވޭނީ؟ ނުވެވޭނެ. އަޅުގަނޑުގެ ވާހަކަ ތަންކޮޅެއް ކުރު ކޮށްލަންވެސް ބައެއް ބޭފުޅުން އަންގާ އިނގޭތޯ. އެކަމު ހަޤީގީ ވާހަކަ އަދިވެސް ހުރީ ކުރިއަށް. އެހެންނަމަވެސް ކުރުކޮށްލަން ޖެހޭތީ އަޅުގަނޑުވެސް ޖެހޭނީ ކުރުކޮށްލަން
ދެން އަދި އެކަމު އެއްބަސް އަޅުގަނޑު ދަންނަވާލާނަން އިނގޭތޯ. އަޅުގަނޑުމެންނަށް ބައެއް ފަރާތްތަކުން ރައީސް މުޢިއްޒަށް ވެރިކަން ލިބުނީމާ އެބަ ކަންބޮޑުވޭ. ރައީސް މުޢިއްޒަކީ ކޮން ރަށެއްތަ މިވެނި ރަށެއްގެ މީހެކޭ، ވަށަފަރު މީހެކޭ ނޫނީ މިވެނި ރަށެއްގެ މީހެކޭ. މީހެއްގެ މާތްކަން މީހެއްގެ މޮޅުކަން މި އަންނަނީކީ ފަހަރެއްގައިވެސް އޭދަފުށްޓަށް އުފަންވެގެން، ކުޅުދުށްފުށްޓަށް އުފަންވެގެން އަޅުގަނޑުމެންގެ އިނގުރައިދޫއަށް އުފަންވެގެން ނޫނިއްޔާ ހޯރަފުށްޓަށް އުފަންވެގެން، މާލެއަށް އުފަންވެގެން، މިއެއް ނޫން މީހެއްގެ މޮޅުކަން އަންނަ ގޮތަކީ. މީހެއްގެ މޮޅުކަން މި އަންނަނީ އެމީހެއްގެ ހުންނަ ތަޤުވާވެރިކަމަކުން. އެއީ ﷲ ގެ ޙަޒްރަތުގަ އެމީހެއްގެ މޮޅުކަން. މާތް ﷲ ވަޙީކުރައްވަނީ (އަރަބި) "ﷲ ގެ ޙަޒްރަތުގައި އެންމެ މާތް މީހަކީ އެމީހެއްގެ ހުންނަ ތަޤުވާވެރިކަމެވެ، ތަޤުވާވެރިމީހާއެވެ." އެހެންމަ އަޅުގަނޑުމެން ހީކޮށްގެން ނުވާނެ ވަކި ނަސަބަކުން ވަކި ޢާއިލާއަކުން ވަކި ފެމިލީއަކުން ވަކި ގޮތަކަށް އައިސްގެން ކަމަކަށް މި ވެރިކަން ލިބެނީކީއެއް، އެމީހާގެ މާތް ވަނީކީއެއް، އެމީހާގެ މޮޅު ގޮތްތައް މެދުވެރިވަނީކީއެއް. ވެރިކަމަކީ މީ ސީދާ މާތް ﷲ ދެއްވާ އެއްޗެއް.
އެހެންމަ މިކަމާ ދޭތެރޭގަ އަޅުގަނޑުމެން ޝައްކު އުފައްދާކަށް ނުޖެހޭ. އަޅުގަނޑު އިދިކޮޅު ފަރާތްތަކަށް ދަންނަވާލަން އޮތީ ތިބޭފުޅުން އިޚްލާސްތެރިކަމާއެކީގައި އެންމެން ހިނގާށޭ މި ޤައުމު، މާތް ﷲ ވެރިކަން ދެއްވި ބޭފުޅާ އެހެރީ ފެންނާށޭ. އެހެންމަ އެ ވެރިއަކާ އެކީގައި ހިނގާށޭ އަޅުގަނޑުމެން އެމަނިކުފާނުގަ ﷲ އަށް އުރެދުމަކަށް އަމުރެއް ނުކުރާހާ ހިނދަކު އަދި ޤައުމަށް ޚިޔާނާތްތެރި ނުވާހަ ހިނދަކު އެމަނިކުފާނާ އެކީގައި މަސެއްކަތްކުރަން އަޅުގަނޑު އިދިކޮޅު ފަރާތްތަކަށް ވަރަށް އިޚްލާސްތެރިކަމާ އެކީގައި ގޮވާލަން. އެއްގޮތަކަށްވެސް އެމަނިކުފާނު ފަޟީހަތްކޮށް، އެމަނިކުފާނުގެ ސަރުކާރު ފަޟީހަތްކޮށް އަދި އެމަނިކުފާނުގެ އަރިހުގަ ތިބޭ އެންމެނަ ފަޟީހަތްކޮށް، މިއަކީ އެއްގޮތަކަށްވެސް އަޅުގަނޑުމެން ކޮށްގެން އެބަޔަކަށް މާބޮޑު ނަތީޖާތަކެއް ނުކުންނާނެ ކަމެއް ނޫން.
ދެން އަޅުގަނޑުގެ ވާހަކަ މިހާ ހިސާބުން ނިންމާލާނަން. އަޅުގަނޑުގެ ދުޢާއަކީ މާތް ﷲ އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި ބަރަކާތް ލެއްވުން.
ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު