ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ނުވަތަ ދެމެހެއްޓެނިވި ތަރައްޤީއަކީ ދިވެހި ދަޢުލަތުގެ އަމާޒެއް: ޑރ. ފައިރޫޝް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 54ސ
ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ނުވަތަ ދެމެހެއްޓެނިވި ތަރައްޤީއަކީ ދިވެހި ދަޢުލަތުގެ އަމާޒެއް: ޑރ. ފައިރޫޝް

ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ނުވަތަ ދެމެހެއްޓެނިވި ތަރައްޤީއަކީ ދިވެހި ދަޢުލަތުގެ އަމާޒެއް ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓްރ ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.

ހަތްވަނަ "ގްލޯބަލް ކޮންޕެޓިޝަން އޮފން ޑިޒައިން ފޮރ ފިއުޗަރ އެޑިއުކޭޝަން" މުބާރާތް ނިމުމުގެ ރަސްމިޔާތުގައި ބައިވެރިވުމަށް ދެއްވި ފުރުސަތަށް ސްޓޭޓް މިނިސްޓަރ ވަނީ ބެއިޖިންގ ނޯމަލް ޔުނިވާސިޓީ އަދި ޔުނެސްކޯ އިންސްޓިޓީއުޓް ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީސް އިން އެޑިއުކޭޝަނަށް ޝުކުރުޢަދާކުރައްވާފައެވެ.

މީގެ އިތުރުން، އެމަނިކުފާނު ވަނީ، މި މުބާރާތުގައި ބައިވެރިވެ، ހުނަރާއީ ގާބިލްކަން ހާމަކޮއްފައިވާ ފަރާތްތަކުގެ އަގުވަޒަންކުރައްވައި، އެ ބޭފުޅުންގެ ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ބައިނަލްއަގްވާމީ މުބާރާތުގައި ވާދަކުރި، ދިވެހިރާއްޖެއަށް ނިސްބަތްވާ 5 ދަރިވަރުންނާއި މެދު ފަޙުރުވެރިވާކަމަށާއި ، އެ ދަރިވަރުންގެ ކާމިޔާބީ އިން އެ ދަރިވަރުންގެ ބުރަ މަސައްކަތާއި ހުނަރުވެރިކަމުގެ އިތުރުން މުޅި ދިވެހިރާއްޖޭގެ ޒުވާނުންގެ ހުނަރުވެރިކަމާއި ޤާބިލްކަން ތަމްސީލްވާކަމަށް ސްޓޭޓް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މި މުބާރާތުގެ ޝިޔާރުކަމުގައިވާ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ނުވަތަ ދެމެހެއްޓެނިވި ތަރައްޤީއަކީ ދިވެހި ދަޢުލަތުގެ އަމާޒުކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެގޮތުން، ދިވެހިރާއްޖޭގެ ސުކޫލްތަކުގައި ހުނަރުވެރިކަން އިތުރުކުރުމާއި ގުޅޭ ބައިތަށް މުޤައްރަރުގައި ހިމަނައި، ކުރިއަށް އޮތް ޖީލަކީ ވިސްނުންތޫނު އަދި އުފެންދުންތެރި ޖީލަކަށް ހެދުމަށް މަސައްކަތް ފަށައިވާކަން ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ފައިރޫޝް ވަނީ ފާހަގަކުރައްވާފައެވެ.

މި މުބާރާތުގެ ޝިޔާރުތަކުގެ ތެރޭގައި އޭ.އައި ބޭނުންކޮއްގެން ކިޔަވައިދިނުމައި، ނުކުޅެދުންތެރިކަން ހުންނަ ނުވަތަ ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ތަޢުލީމު ފޯރުކޮއްދިނުން އަދި އެހެނިހެން ގޮތްގޮތުން ތަޢުލީމީ ދާއިރާގައި ޒަމާނީ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން ހިމެނެއެވެ.

ޙިތާބު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ހުނަރުވެރިކަމާއި އުފެއްދުންތެރިކަން މިއަދު ފާހަގަކުރަން ޖެހޭކަމާއި، ތަޢުލީމަކީ ދެމެހެޓެނިވި ތަރައްޤީ ހޯދުމުގެ ބިންގާއަކަށް ހެދުމައްޓަކައި ހުރިހާ އެންމެން މަސައްކަތްކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން