ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އާންމުކޮށްފައިވާ އެ ކުންފުނީގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް މިއީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 23 އިންސައްތަ ދަށް އަދަދެކެވެ.
އެސްޓީއޯއިން ހާމަކުރި ގޮތުގައި އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ އެ ކުންފުނީގެ މައިގަނޑު ވިޔަފާރިކަމުގައިވާ ތެލުގެ ވިޔަފާރިއަށް ކުރި އަސަރުތަކެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ މާކެޓުގައި ތެޔޮ ވިއްކާ އަގުތައް ކުޑަކުރަން ޖެހުނުކަމަށް އެސްޓީއޯއިން ބުންޏެވެ. ތެޔޮ ވިއްކާ އަގުތަކަށް ގެނެވުނު ބަދަލާއެކު ކުންފުންޏަށް ލިބުނު ފައިދާވެސް ވަނީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 16 އިންސައްތަ ދަށްވެފައެވެ. މިއީ 515 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.
މީގެ އިތުރުން، ޓެކުހަށް ކެނޑުމަށްފަހު، ސާފު ފައިދާގެ ގޮތުގައި ވަނީ 148 މިލިއަން ރުފިޔާ އެސްޓީއޯ އަށް ވަނީ ލިބިފައެވެ.