މަސްވެރިކަން ޕްރޮމޯޓް ކުރުމަށާއި ބޭރުގެ އިތުރު މާކެޓްތައް ހޯދުމަށް ޚާއްސަ ކުންފުންޏެއް އުފައްދައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
މަސްވެރިކަން ޕްރޮމޯޓް ކުރުމަށާއި ބޭރުގެ އިތުރު މާކެޓްތައް ހޯދުމަށް ޚާއްސަ ކުންފުންޏެއް އުފައްދައިފި

ބޭރުގެ އިތުރު މާކެޓްތައް ހޯދުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ މަސްވެރިކަން ޕްރޮމޯޓް ކުރުމަށާއި ބޭރުގެ އިތުރު މާކެޓްތައް ހޯދުމަށް ޚާއްސަ ކުންފުންޏެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އުފައްދަވާފައި ކަމަށެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މިފްކޯއިން މިހާރު ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށާއި، އިތުރު މާކެޓްތައް ހޯދުމަށް މަސައްކަތް ކުރާތަން ނުފެންނަ ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އަލަށް އުފައްދާފައިވާ މި ކުންފުނީގެ ސަބަބުން މަހުން ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށެވެ. އަދި މިހާރުގެ ކުންފުނިން އިތުރު މާކެޓްތައް ހޯދައި، ރާއްޖޭގެ މަސްވެރިކަން މިހާރަށްވުރެ ބޮޑަށް އިސްތިހާރުކުރާނެ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި އައު ކުންފުނި އުފެއްދެވުމާ ގުޅިގެން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އައު ކުރިއެރުންތަކެއް ލިބި، ބޭރުގެ އިތުރު މާކެޓްތަކަށް ދިވެހި މަސް ވިއްކުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށާއި މުޅި އިޤްތިޞާދަށް ފައިދާތަކެއް ކުރާނެ ކަމަށް ވެސް ބެލެވެއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން