ފްލެޓް ލިބޭ މީހުންގެ ހައްގުވެރިކަން ކަށަވަރުކުރުމަށް ހުރިހާ ފޯމެއް ބަލާނެކަމަށް ވަޒީރު ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ފްލެޓް ލިބޭ މީހުންގެ ހައްގުވެރިކަން ކަށަވަރުކުރުމަށް ހުރިހާ ފޯމެއް ބަލާނެކަމަށް ވަޒީރު ވިދާޅުވެއްޖެ

ފްލެޓް ލިބޭ މީހުންނަކީ އެކަމަށް އެންމެ ހައްގުވެރި މީހުންކަން ކަށަވަރުކުރުމަށްޓަކައި ގެދޮރުވެރިޔާ ސްކީމަށް ހުށަހެޅުނު ހުރިހާ ފޯމެއް ބަލަމުންދާނެ ކަމަށް ގެދޮރުވެރިކަމާއި ބިމާ އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަލީ ޙައިދަރު މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިމައްސަލައާ ގުޅޭގޮތުން މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ޙައިދަރު ވިދާޅުވީ ލިސްޓް މުރާޖަޢާކުރުމުގައި ބަލަމުންދަނީ ހަމައެކަނި 4000 ފޯމަށް ނޫންކަމަށެވެ. އޭގެ ބަދަލުގައި ސްކީމަށް ހުޅުވާލުމުން ހުށަހެޅުނު ހުރިހާ ފޯމެއް ބަލަމުންދާ ކަމަށެވެ. މީގެ މަގްސަދަކީ ފްލެޓް ލިބޭ މީހުންނަކީ އެކަމަށް އެންމެ ހައްގުވެރި މީހުންކަން ކަށަވަރުކުރުން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، 4000 ފްލެޓް މަޝްރޫޢުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން 6 ޓަވަރުގެ މަސައްކަތް އަންނަ އޮކްޓޯބަރުގެ ނިޔަލަށް މުޅިން ނިމޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމަށް 20،000 އަށްވުރެ ގިނަ ފޯމު ހުށަހެޅިފައިވާކަން ފާހަގަކޮށްލެވެއެވެ. މި ހުރިހާ ފޯމެއް ބަލައި، އެންމެ ޙައްޤުވެރި ފަރާތްތަކަށް ފްލެޓް ލިބޭކަން ކަށަވަރުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން ވަޒީރުގެ ބަސްފުޅުން އެނގެއެވެ.

މިއަދު އޮންލައިން