ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ޤާނޫނާ ބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ޤާނޫނާ ބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން އެ މިނިސްޓްރީގެ ދަށުގައިވާ އިދާރާތަކުގެ އިސް މުވައްޒަފުންނަށް އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ޤާނޫނާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމަކީ އެ ޤާނޫނަށް މުވައްޒަފުން އަހުލުވެރި ކުރުވުމަށްޓަކައި ބޭއްވުނު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ އެމް.އޭ.ސީ.އެލްގެ ޖެނެރަލް މެނޭޖަރ، އޮކިއުޕޭޝަނަލް ސޭފްޓީ ހެލްތް އެންޑް އެންވަޔަރަންމަންޓް މެނޭޖްމަންޓް މުޙައްމަދު ޢަބްދުﷲ އެވެ.

ބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޒީރު ދެއްކެވި ވާހަކަފުޅުގައި، މިފަދަ ބައްދަލުވުމެއް ބޭއްވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ވަޒީފާ އަދާކުރުމުގައި މުވައްޒަފުންގެ އަމިއްލަ ރައްކާތެރިކަމަށް އިސްކަންދެއްވުމާއި، ބައްދަލުވުމުގައި ލިބޭ މަޢުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ބޭނުންހިފުމަށް ބާރުއަޅުއްވައި ވާހަކަފުޅު ދެއްކެވިއެވެ.

އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ޤާނޫނަކީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން އެ ޤާނޫނާ ގުޅޭ ގަވާއިދުތަކާއި އުސޫލުތައް އެކަށައަޅަމުންގެންދާ ޤާނޫނެކެވެ. މި ޤާނޫނަކީ ވަޒީފާ އަދާކުރާ މާޙައުލުގެ ރައްކާތެރިކަމާއި، މުވައްޒަފުންގެ ރައްކާތެރިކަމާއި ޞިއްޙަތަށް އިސްކަންދީގެން އެކަށައެޅިފައިވާ ޤާނޫނެކެވެ.

 

 

ހަބަރު: ސަރުކާޜު

މިއަދު އޮންލައިން