ފައިސާއަށް ދަހިވެތިކަން ބޮޑުވެ، ވަފާތެރިކަމާ ހުރިހާ ކަމަކުން ބަރާބަރު އަނބިމީހާ ވިއްކަން ބޭނުންވެގެން ބަލިވެއްޖެ ކަމަށް ހެދިގެން އުޅުނު ދައްޔޫސަކަށް ލިބުނު ބޮޑު ލަނޑުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 57ސ
ފައިސާއަށް ދަހިވެތިކަން ބޮޑުވެ، ވަފާތެރިކަމާ ހުރިހާ ކަމަކުން ބަރާބަރު އަނބިމީހާ ވިއްކަން ބޭނުންވެގެން ބަލިވެއްޖެ ކަމަށް ހެދިގެން އުޅުނު ދައްޔޫސަކަށް ލިބުނު ބޮޑު ލަނޑުގެ ވާހަކަ-

ތިރީގައިވާ ވާހަކައަކީ ރާއްޖޭގައި ހިނގާފައިވާ ޙާދިސާއެއްގެ ވާހަކަ ނޫންނަމަވެސް މިފަދަ ޙާދިސާތައް ހިނގުން ރާއްޖޭގައިވެސް ދަނީ އިތުރުވަމުންނެވެ. އެހެންކަމުން މިއީ ﷲ ތަޢާލާއަށް ބިރުވެތިވާ ކޮންމެ މީހަކަށްވެސް ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. 

ޝީލާގެ ފިރިމިހާ އަކްރަމް ކުއްލިއަކަށް ބަލިވީއެވެ. ޑޮކްޓަރަށް ދެއްކުމުން ބުނީ ސިކުނޑިގައި ވަރަށް ސީރިއަސް މައްސަލައެއް އެބަހުރި ކަމަށާއި ދުވަސްތަކެއްވަންދެން ޖެހޭނީ އޮށޯވެ އޮންނަން ކަމަށެވެ. 

އަކްރަމަށް މަސައްކަތު ނުދެވޭތީ ވަޒީފާގެއްލުނީއެވެ. ފައިސާލިބޭނެ ގޮތެއް ނެތުނީއެވެ. އެހިސާބުން ޝީލާއަށް ވަޒީފާއެއް ލިބޭތޯ މަސައްކަތްކުރަން ފެށިއެވެ. އެހެނަސް އެއީވެސް ފަސޭހަ ކަމަކަށް ނުވިއެވެ. އެންމެފަހުން ފިރިމީހާ  އޭނާގެ އެކުވެރި ޒަމީރަށް ގުޅުމުން ވަޒީފާ ހަމަޖައްސައިދިނެވެ. 

ޝީލާ ވަޒީފާއަށް ނުކުންނަން ފެށީންސުރެ ޒަމީރު އޭނާއަށް ވަރަށް ހެޔޮކޮށް ކަންތައް ކުރެއެވެ. ފިރިމީހާއަށް ހެޔޮކޮށް ހިތަން ބުނެ ދޭތެރެދޭތެރެއިން ޝީލާއަށް ފައިސާވެސް ދެއެވެ. ދުވަސްކޮޅެއް ފަހުން ޒަމީރުގެ ޢަމަލުތައް ބަދަލުވާން ފެށިއެވެ. މަޑުމަޑުން ޝިލާއާއި ދިމާއަށް އަތް ގެންދަން ފަށައިފިއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ޝީލާ އެކަމަށް ދެކޮޅުހަދައެވެ. 

އެހެން އުޅެމުން އައިސް ޒަމީރުގެ ކެތްތެރިކަން ކޮޅުން ލުމުން އެންމެ ފަހުން ޝީލާގާތު ބުނެފިއެވެ. ވަރަށް ކުރިންސުރެ ޝީލާ ދެކެ ވަރަށް ލޯބިވާ ވާހަކައާއި ޝިލާ އާއި ގުޅެން ބޭނުންވާ ވާހަކައެވެ. ޝީލާގެ ޖަވާބަކީ އޭނާއަކީ ބަލިޙާލުގައި އޮތް ފިރިއަކު ބަލަމުންގެންދާ އަންހެނެއް ކަމަށާއި ފިރިމީހާ އެފަދަ ނިކަމެތި ޙާލެއްގައި އޮއްވައި އޭނާ ދެރަވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އެފަދަ ކަމެއް ކޮށްފިނަމަ އޭނާއަށް ގަދަފަދަ ޢަޛާބް ދެއްވައުފާނެ ކަމެވެ. އަދި ހިތްދަތިކަން މިންވަރުކުރައްވަވާނެ ކަމެވެ. ފައިސާގެ ތަނަވަސްކަމަށްވުރެ މުހިންމީ ﷲ ގެ ރުހިވޮޑިގަތުން ކަމެވެ. ޝީލާގެ ހުރި ތެދުވެރިކަމާއި ސާބިތުކަން އެނގުމުން ޒަމީރުގެ ހިތުގައި ޝީލާގެ މައްޗަށް ޝައުޤުވެރިކަން ދިއައީ އިތުރުވެގެންނެވެ. 

ޒަމީރު އެއްރޭ ޝީލާގެ ގެއަށް ދިއައެވެ. އަކްރަމްގެ ޙާލު ބަލައިލާށެވެ. ކަންކަން ވެގެން މިއުޅޭ ގޮތް ޝީލާއަށް އެނގުނީ އެދެމީހުން އެރޭ ދެއްކި ވާހަކައިންނެވެ.  

އަކްރަމް މަސައްކަތްކުރަމުން ދިއައީ އޭނާގެ ވަރަށް ގާތް އެކުވެރިއެއް ކަމަށްވާ ޒަމީރުގެ ކުންފުންޏެއްގައެވެ. ޒަމީރަކީ އަބަދުވެސް އަކްރަމުގެ އަނބިމީހާއަށް ކަޅިއަޅައަޅައި ހުންނަ މީހެކެވެ. އެހެންވެ ޒަމީރު މަސައްކަތްކުރަމުން ދިއައީ ކޮންމެވެސް ގޮތަކުން އަކްރަމް އަތުއަޅުވާލައިގެން، އަކްރަމް މެދުވެރިކޮށްގެން އެކަމަށް ފުރުޞަތެއް ހޯދުމަށެވެ. 

ޒަމީރު އެކަން ކާމިޔާބުކުރިއެވެ. މާނައަކީ ރަނގަޅު އަދަދެއްގެ ފައިސާކޮޅެއް އަކްރަމަށް ހުށަހެޅުމުން އަކްރަމް އެކަމަށް ރުހުނެވެ. އަދި އެކަންކުރާނެ މޮޅު ގޮތްތައް ރޭވިއެވެ. ޙަޤީޤަތަކީ އަކްރަމް ބަލިވެ މިއޮންނަނީ ޒަމީރަށް އެކަމަށް ފުރުޞަތުދީގެން ކަމެވެ. 

އަކްރަމް އެއިރުވެސް ބުނަމުން އައީ ޝީލާއަކީ ހެއްލުވޭނެ އަންހެނެއް ނޫންކަމަށެވެ. ނަމަވެސް ޒަމީރު ގޮތްދޫނުކުރީއެވެ. އަދި މިދެމީހުންގެ މެދުގައި ބެޓެއްވެސް ކުރެވުނެވެ. އެއީ ދަންތުރައިގައި ޝިލާ ނުޖެއްސިއްޖެނަމަ އިނާމެއްގެ ގޮތުން ޝީލާއަށް 500،000 ރުޕީސް ދިނުމެވެ. 

އެހިސާބަށް ވާހަކަ ދިއުމުން ޝީލާ ނުކުމެފައި އެފައިށާ އޭނާއަށް ދޭނީ ކޮން ދުވަހަކުންތޯ ސުވާލުކުރިއެވެ. ޒަމީރު ބުނީ މާދަންރޭ ގެނެސްދޭނެ ކަމަށެވެ. އެހެންބުނުމުން ޝީލާ ބުނީ އަދި އެވަރަކުން ނުފުދޭނެ ކަމަށެވެ. ޒަމީރު ބުނެގެން އަކްރަމް ގޭގައި އޮތް 1 އަހަރު ދުވަހުގެ މުސާރަވެސް އެފައިސާއާއިއެކު ގެންނަންވާނެ ކަމަށެވެ. 

ޒަމީރު ހީކުރީ އެފައިސާ ދިނުމުން ޝިލާ ފިރިމީހާގެ ގާތުން ވަރިވެ އޭނާއާއި ގުޅޭނެ ކަމަށެވެ. އެއީ "ފިރިމީހާ އަހަރެން ވަރިކޮށްފިނަމަ ޒަމީރާ ގުޅެން ވިސްނާނެ" ކަމަށް ޝީލާ ބުނެފައި އޮތުމުންނެވެ. އަނބިމީހާ ވިއްކާލަން މިއުޅުނީ ފިރިމީހާ ކަމަށްވުމުން ވަރިވާނެކަންވެސް ޤަބޫލުކުރެވޭތީއެވެ.  

ޝީލާލާ ބުނި ގޮތަށް ބުނި އަދަދަށް ފައިސާ ހިފައިގެން އަނެއްރޭ ޒަމީރު ގެއަށް ދިއައެވެ. އަދި ފިރިމީހާގެ މުސާރައާއި ބެޓްކުރި ފައިސާ ޝީލާގެ އަތަށް ދިނެވެ. ފައިސާތައް ދިނުމާއިއެކު ކުއްލިއަކަށް ޝީލާ ނުކުމެގެން ގޮސްފައި އައިސް ބުންޏެވެ. "އަކްރަމްއެވެ! އަހުރެންގެ ތެދުވެރިކަމާ ތަޤްވާވެރިކަމާ ހުރިހާ ކަންކަން އެނގިހުރެމެ އަކްރަމް ދައްޔޫސަކަށްވެ އަހަރެން ނީލަން ކިޔައިފީމުއެވެ! ބަލިވެގެން ކަމަށް ހެދިގެން ގޭގައި އޮވެ އަހަރެންލައްވައި އަހަރު ދުވަސްވަންދެން މަސައްކަތްވެސް ކުރުވައިފީމުއެވެ. އެހެންވީމާ ވަރިކޮށްފައި އަވަހަށް ގެއިން ނުކުންނާށެވެ." 

އަކްރަމް އެކަމަކަށް ދެކޮޅެއް ނުހަދައެވެ. ވަގުތުން ވަރިކޮށްފިއެވެ. އެއީ ވަރިކުރުމުން ޒަމީރަށް ޝީލާ ލިބިއްޖެނަމަ ގިނަ އަދަދެއްގެ ފައިސާ ދިނުމަށް ޒަމީރު އެއްބަސްވެފައި އޮތުމުން ފައިސާތަކުގެ ދަހިވެތިކަމުގައެވެ. ވަރިކޮށްފައި އޭނާގެ މުސާރަ ފައިސާއަށް އެދުމުން ބުނީ މިދިއަ އަހަރުދުވަހު ޚަރަދުކުރީ ޝީލާކަމަށްވުމުން އެފައިސާއަކީ ޝީލާގެ ޙައްޤެއް ކަމަށާއި އެފައިސާއިން އެންމެ ރުޕީސްއެއްވެސް ނުދޭނެ ކަމަށެވެ. 

އަކްރަމް ނުކުމެގެން ދިއުމުން ޒަމީރު ބުންޏެވެ. "ދެން އަހަރެމެން ދެމީހުން ގުޅެން އެއްވެސް ހުރަހެއް ނެތެއް ނޫން ހެއްޔެވެ؟" ޝީލާގެ ޖަވާބަކީ "ކަލެއަކީ މިހުންގެ އަނބިން އަތުއަޅުވަން ބޮޑެތި ޚަރަދުތައްކުރާ މީހަކަށްވުމުން ކަލޭ ދުވަހަކުވެސް ތެދުވެރިނުވާނެ ކަމަށެވެ. އެކަން އެންމެ ބޮޑަށް ޔަޤީންވީ އަހަރެން ތެދުވެރިކަމާއިއެކު ކައިވެނިމަތީގައި ހުއްޓާ އަހަރެންގެ ބޭނުންކުރަން މަސައްކަތްކުރުމުން ކަމަށެވެ. އެހެންވީމާ ކަލޭވެސް އަވަހަށް ގެއިން ނުކުމެގެންދާށެވެ." 

ޒަމީރުގެ އަތުން 800،000 ރުޕީސް ގެއްލިގެންދިއައީއެވެ. އެންމެ ކުޑަމިނުން ދޮނެއްވެސް ނުލިބި އަދި ދޮނެއްވެސް ނުދެވުނު ތަނުގައި ޝީލާގެ އަތުގައިވެސް ހިފާނުލެވިއެވެ. އަކްރަމް ދަހިވެތިވެގެން ހުރި ފައިސާވެސް އޭނާއަށް ނުލިބުނީއެވެ. ތެދުވެރި ވަފާތެރި އަނބިމީހާވެސް ގެއްލި އެކަނިވެރިވީއެވެ. 

ޝީލާއަކީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާއެވެ. އަޅުގަނޑު ޤަބޫލުކުރަނީ މިފަދަ ޒަމާނެއްގައި ޝީލާފަދަ ކުދިން ވަރަށް މަދުވާނެ ކަމަށެވެ. އެހެން ހުއްޓައި މިހާދިސާއާއި ވަރަށް އެއްގޮތް ފިލްމެއް ފެނުމުން ވަރަށް އުފާވިއެވެ. ހިތަށް އެރިއެވެ. މިހައި ތެދުވެރި އަންހެންކުދިން ކިތަންމެ މަދުން ނަމަވެސް އަދިވެސް އެބައުޅޭތާއެވެ. ޝީލާގެ ވާހަކަ ލިޔަން ވިސްނުނީ އެގޮތުން ލިބުނު ހިތްވަރުގެ ސަބަބުންނެވެ.   

އެންމެންވެސް ދައްކާނީ އަނބިންގެ ގޯސްވާހަކައެވެ. ބައެއް ފިރިންނަކީ ކިހައި ނުބައި ބައެއްކަން މިވާހަކައިން އެނގިގެންދޭނޫންތޯއެވެ؟

 

- ކަރީމާ / ފައިޞަލް އާބާދު، ޕާކިސްތާން  

މިއަދު އޮންލައިން