ވިލިމާލޭގައި ތަރައްޤީކުރާ 100 އެނދުގެ ހޮސްޕިޓަލްގެ ދިރާސާ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ވިލިމާލޭގައި ތަރައްޤީކުރާ 100 އެނދުގެ ހޮސްޕިޓަލްގެ ދިރާސާ މަސައްކަތް ފަށައިފި

ވިލިމާލޭގައި ތަރައްޤީކުރާ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލްގެ މަސައްކަތް ފެށުމަށް ބޭނުންވާ ދިރާސާގެ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢާ ގުޅޭ ޗައިނާގެ ޓެކްނިކަލް ޓީމެއް މިހާރު ވަނީ ރާއްޖެ އައިސް، މަސައްކަތް ފަށާފައެވެ.

މިއަދު ބޭއްވުނު ބައްދަލުވުމެއްގައި ފީސިބިލިޓީ ސްޓަޑީގެ ޓެކްނިކަލް ކަންތައްތަކާއި ހޮސްޕިޓަލް ހިންގުމާއި އޭގެ މަސައްކަތްތަކާ ގުޅޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުއްރައްޒާގު ޙަލީމް ވިދާޅުވިގޮތުގައި، އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާއާއި ސިއްޙަތާ ބެހޭ ވުޒާރާ އަދި މާލެ ސިޓީ ގްރޯޕް އޮފް ހޮސްޕިޓަލްސްގެ އިސް ފަރާތްތަކާ ޗައިނާގެ އެޖެންސީގެ ފަރާތުން ބައްދަލުކޮށްފައިވެއެވެ.

ޢަބްދުއްރައްޒާގު ޙަލީމް އިތުރަށް ވިދާޅުވީ، މި ދިރާސާގެ ބޭނުމަކީ ހޮސްޕިޓަލްގެ ކުރެހުންތައް ތައްޔާރުކުރުމާއި ޤާއިމުކުރާ ޚިދުމަތްތަކަށް ބޭނުންވާ މަޢޫލޫމާތު އެއްކުރުމާއެކު، މަޝްރޫޢަށް ކޮންޓްރެކްޓަރެއް ހޯދުމަށް ބޭނުންވާ ރިކުއަރމެންޓްތައް ފުރިހަމަކުރުން ކަމަށެވެ.

ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ހަމަޖެހުނު ހިލޭ އެހީގައި ހިންގަވަން ނިންމެވި މަޝްރޫޢެކެވެ. 

މިއަދު އޮންލައިން