ހަނިޔާ އަވަހާރަކޮށްލުމާ ގުޅިގެން ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 49ސ
ހަނިޔާ އަވަހާރަކޮށްލުމާ ގުޅިގެން ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށްފި

ބުދަ ދުވަހުގެ ފަތިހު އީރާނުގައި ހުންނަވަނިކޮށް ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ވެރިޔާ އިސްމާޢީލް ހަނިޔާ އަވަހާރަކޮށްލުމާ ގުޅިގެން ދިވެހި ސަރުކާރުން އެކަން ކުށްވެރިކުރައްވައިފިއެވެ.

މިކަމާއިގުޅިގެން ޚާރިޖީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާއަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ޢަމަލެއް ކަމަށާއި، މިފަދަ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން މަސައްކަތްކުރަންޖެހޭ ކަމަށެވެ.

އަދި ދިވެހި ސަރުކާރުން ހުރިހާ ޤައުމުތަކަށްވެސް ގޮވާލަނީ ބައިނަލްއަޤްވާމީ ޤާނޫނާއި ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، ޣައްޒާގެ ހަނގުރާމައަށް އަވަސް އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށާއި، އެ ސަރަޙައްދުގެ ސުލްޙަ އަދި ހަމަޖެހުން ޤާއިމުކުރުމަށް އެކުގައި މަސައްކަތްކުރުމަށް ކަމަށް ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިސްމާޢީލް ހަނިޔާ އަވަހާރަވުމާ ގުޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ހަނިއްޔާ ޝަހީދު ކޮށްލުން ކުށްވެރި ކުރަމުންނެވެ.

މިއަދު އޮންލައިން