ކަރަންޓް ބިލް ބޮޑުވަމުންޑާ މައްސަލައިގައި ނޫސްވެރިން މެދުވެރިކޮށް ކަސްޓަމަރުންނަށް މަޢުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވި ހުރިހާ ވެރިންވެސް ފާހަގަކުރެއްވީ މީޓަރަށް އަރާވަރަށްވުރެ އިތުރަށް އެއްވެސް ކަސްޓަމަރަކަށް ބިލް ނުކުރާނެކަމެވެ.
ބައެއް ގޭބިސީތަކުގެ ބިލްތައް ބޮޑުވެފައިވާކަން ފާހަގަކުރެވުމުން ސްޓެލްކޯއިން އަމިއްލައަށް އިސްނަގައިގެން އެކަމުގެ ސަބަބު ހޯދައި މައްސަލައެއް ހުރިނަމަ ޙައްލުކޮށްދޭން އެހީތެރިވާނެކަންވެސް ވެރިން ވަނީ ފާހަގަކުރައްވާފައެވެ.
ސްޓެލްކޯއަކުން މަކަރުހަދައިގެން އެންމެ ރުފިޔާއެއްވެސް ނުނަގާނެ! ޔަޤީންކަންދޭން ކޮށްދެވެންހުރި ހުރިހާ ކަމެއް ކޮށްދޭނެ!: އަޙްމަދު ސާއިފް، ޖެނެރަލް މެނޭޖަރ
އަޅުގަނޑުމެން ކަސްޓަމަރުންނަށް ދަންނަވާލަން ބޭނުންވާ ވާހަކައަކީ ސްޓެލްކޯއަކު ނެތޭ ފޮރުވާނެ އެއްވެސް އެއްޗެއް. އަޅުގަނޑުމެން މިކަން ވަރަށް ސާފުކޮށްނޭ މިކުރަނީ. ނީއްނާނޭ އެއްވެސް އޮޅުވާލުމެއް. އެހެންވީމަ ތިބޭފުޅުން ޔަޤިންކަން ޗެކްކޮށްލާވާށޭ. އަޅުގަނޑުމެންގެ ނީއްނާނޭ ބިލްބޮޑުކޮށްގެން އިތުރަށް ލާރިހޯދައިގެން މީގަ ކުރާނެ އެއްވެސް ކަމެއް.

ތިބޭފުޅުން ބޭނުމިއްޔާމު އެމް.ޑީ ވިދާޅުވިހެން އިންސްޓިޓިއުޓްތައްވެސް އަޅުގަނޑުމެން ހަމަ ކޮންމެ ގެއެއްގަވެސް ބަލައިދެވޭ ވަރަކުން ބަލައިދޭނަމޭ. ބޮޑުވެއްޖެއްޔާމު އަޅުގަނޑުމެންނަށް އަންގާށޭ. މިހާރުވެސް ޕްރޮސެސްތެރޭގަ ހުންނާނެ މިސާލަކަށް އެންމެ ބޮޑު އެއްޗަކަށް ބޭފުޅުން ބުނާނެ މީޓަރަށް ގޮތެއް ހަދަނިއްޔޭ. މިހާރުވެސް ރިކުއެސްޓް ކޮށްފިއްޔާ ކޮށްދޭކަމެއް މީޓަރު ޓެސްޓުކުރުމަކީ. މިހާރު ތިބޭފުޅުން އެ ޔަޤީންކަން ބާއްވާށޭ ސްޓެލްކޯއަކުން މަކަރެއް ނުހަދާނޭ. ސްޓެލްކޯއަކުން ބިލް ބޮޑެއް ނުކުރާނޭ. އެ ޔަޤީންކަން އަޅުގަނޑުމެން ކަސްޓަމަރުންނަށް ދޭން ބޭނުންވަނީ.
- އަޙްމަދު ސާއިފް، ޖެނެރަލް މެނޭޖަރ
ކަރަންޓް ބޭނުންކުރާ މީންވަރު ގިނަވެ ކޮންމެ މަހަކުވެސް އުފައްދަންޖެހޭ މިންވަރު ދަނީ އިތުރުވަމުން!: އަބްދުލް ޣަފޫރު، ޖެނެރަލް މެނޭޖަރ
އަޅުގަނޑުމެންވެސް ވަރަށް ގިނަފަހަރަށް އަޑުއަހާ ވާހަކައެއް ޕަވަރސިސްޓަމްއާ ކުޅެގެންނޭ ބިލް ބޮޑުވަނީ. ދެން އަޅުގަނޑުމެން ޔަޤީންކަންދެން އެއްވެސް ހާލަތެއްގަ އަޅުގަނޑުމެންނެއް މި އޮޓޮމޭޓެޑް ސިސްޓަމް,ފްރިކުއެންސީ ވޯލްޓޭޖް އަބަދުވެސް އެ ބަލަހައްޓަނީ އޮޓޮމޭޓެޑް ސިސްޓަމަކުން. އެހެންވީމަ މި ސްޓާފުންނެއް ނުކުޅޭނެ ނޫނީ ޑިއުޓީޕްލަސް ސްޓާފެއްވެސް އެއަކާ ނުކުޅޭނޭ.

އެހެންވީމަ ވަރަށް ޔަޤީންކަން ދެން ރައްޔިތުންނަށް މި ޕަވަރ ސިސްޓަމަކާ ނުކުޅޭނެކަން. ހަމަ ތިބޭފުޅުން ބޭނުންކުރައްވާ އެނަރޖީއެއް އަސްލުގަ މީޓަރަށް އަރަމުން ދަނީ. ދެން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، މިހާރަކަށް އައިސް ހަމަ އަނދާ ތެލާއި އުފައްދާ ޔުނިޓާއި ހަމަ މަހަކުން މަހަކުން އިތުރުވަމުން ދަނީ. އެއިން އެނގޭ އެއްޗަކީ ރައްޔިތުން ހަމަ ބޭނުން ކުރާކަން ކަރަންޓް ކޮންމެވެސް ވަރަކަށް، ރަނގަޅު އަދަދަކަށް. އެހެންވީމަ އެއްވެސް ކަހަލަ އޮޅުވާލުމެއް ޕަވަރޕްލާންޓް ތެރެއަކުން ނުހިނގާނެ. ހަމަ ތިބޭފުޅުންގެ މީޓަރަށް އަރާ އެއްޗަކާ ހަމަ ޑީލްކުރެވޭނީ.
- އަބްދުލް ޣަފޫރު، ޖެނެރަލް މެނޭޖަރ
ބިލްބޮޑުވެފަ ހުރި ކަސްޓަމަރުންނަށް ސަބަބު ބަޔާންކޮށްދީ ޙައްލު ހޯދަން ކުރެވޭނެ ކަންކަން ބުނެދޭނަން!: އަޙްމަދު އިޤްބާލް، ޗީފް ޓެކްނިކަލް އޮފިސަރ
ޒަމާނުއްސުރެންވެސް ހަމަ ވަކި ދުވަސްވަރެއްގައި ބިލްތައް ބޮޑުވެގެން ހަމަ ޝަކުވާ އާދޭ ކޮންމެ އަހަރަކުވެސް. އެކަމު މިއަހަރު މި ފާހަގަކޮށްލަންޖެހުނީ މިއަހަރު މި ޝަކުވާ އައުން ތަންކޮޅެއް ދިގުދެމިގެން ހިނގައްޖެ. ދެން ހަމަ އިފެކްޓެއް. ދެން އެކަމަކުވެސް އަޅުގަނޑުމެންގެ ހަމަހަމަ ސްޓެޓިސްޓިކުން އެމް.ޑީ އެ ވިދާޅުވީ މިމަހުގެ ބިލްތައް ދަށްވިވަރާ ދަށްވި ޕަސެންޓޭޖާ މި އަދަދު އިނގޭތޯ. އެހެންވީމަ އެބަ އިނގޭ އެކަމަކުވެސް އޭގެ ތެރޭގަ އެބައުޅޭކަން ދަށްނުވާ ނޫނިއްޔާމު ބޮޑުވެފަ، އިންތިހާއަށް ބޮޑުވެފަ ހުރި ތަންތަން.

އެހެންމަ ކުރިއެކޭވެސް އެއްގޮތަށް އަދި މިހާރު މާ ގާތުން އަޅުގަނޑުމެން ކަސްޓަމަރުންނާ އެއްކޮށް މަސެއްކަތް ކުރަން އަދި ކޮށް އެބޭފުޅުންނަށް އެކަންތައްތައް ބުނެދިނުން އެއީ އަޅުގަނޑުމެންގެ މަޤްޞަދަކީ. ދެން ހަމަ ޔަޤީނުންވެސް ދިވެހިންނަކީ ކަންކަމާ ވިސްނާ ވާހަކަ ދެކެވި އެކަމުގެ ފެކްޓް ހޯދާ އެކަމަށް އެންމެ ރަނގަޅަށް ރިއެކްޓް ކުރާ އެއްބައި މީހުންނަށް ވާނެ. އެހެންމަ އިރާދުކުރެއްވިއްޔާ އަޅުގަނޑުމެންގެ މި ބިލް ބޮޑުވެފަ ތިބި ކަސްޓަމަރުންނާ އަޅުގަނޑުމެން ބައްދަލުކޮށް އެބޭފުޅުންގެ އެހެރަ ކޮންސާންސް ތައް ބަލާ އެކަންތައްތައް އިރާދުކުރެއްވިއްޔާމު އެބޭފުޅުންނަށް އެކަމުގަ ވެފަ ހުރިގޮތެއް ކިޔައިދިނުމާއި ދެން ހައްލުކުރެވޭނެ ގޮތްތައް އަޅުގަނޑުމެން ކިޔާކަދޭނަން.
- އަޙްމަދު އިޤްބާލް، ޗީފް ޓެކްނިކަލް އޮފިސަރ