މާލެއާއި ހުޅުމާލޭގެ ބައެއް ގޭބިސީތަކުގެ ކަރަންޓްބިލްގައި ސްޓެލްކޯއިންވެސް ކަންބޮޑުވާވަރުގެ މައްސަލަތައް ހުރުމުން އެތަންތަނުގެ އެނަރޖީއޮޑިޓެއްކުރަން ނިންމާފައިވާކަމަށް ސްޓެލްކޯގެ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ޙުސައިން ފަހުމީ ވިދާޅުވީ މިމަހު ހުށަހެޅުނު ޝަކުވާތަކަށް ބައްލަވާއިރު 92 އިންސައްތަ ބިލް ކުޑަވެފައިވާ ކަމަށާއި ނަމަވެސް މާލޭގެ 6 އިންސައްތަ އަދި ހުޅުމާލޭގެ 15 އިންސައްތަ ބިލުގައި ބޮޑެތި މައްސަލަތަކެއް އެބަހުރިކަން ސްޓެލްކޯއަށްވެސް ފާހަގަކުރެވިފައިވާތީ އެކަން ބައްލަވާނެ ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޙުސައިން ފަހުމީ ދެއްކެވި ވާހަކަފުޅު:
އާންމުކޮށް ކޮންމެ މަހެއްގަވެސް އަޅުގަނޑުމެންނަށް ކަރަންޓްބިލްގެ މައްސަލަތައް ކުރިމަތިވޭ! މައްސލަތައް ހުންނާތީ ކޮންމެވެސް ވަރަކަށް ޝަކުވާ އާދޭ! އެހެންނަމަވެސް މިމަހުގެ ޝަކުވާތައް އަޅުގަނޑުމެންނަށް މި ލިބުނު ޝަކުވާތަކަށް ބަލާއިރު ކޮންމެސްވަރަކަށް މަދު.
އެހެންނަމަވެސް އަޅުގަނޑުމެން މި ގަސްދުކުރީ ރައްޔިތުންނަށް މީގަ ވާނުވާ ކޮންމެސްވަރަކަށް ކިޔާދިނުމަށް ނުވަތަ އެނގެންޖެހޭކަމަށް. ދެން މީގަ ޖުމްލަގޮތެއްގަ އަޅުގަނޑުމެން ބަލާއިރުގައި މި މަހު މި އިޝޫކުރި ބިލްތަކަށް ބަލާއިރުގާ 90 އިންސައްތައަށްވުރެ ގިނަ ބިލް ވަނީ ކުޑަވެފަ މިދިޔަ މަހަށްވުރެން.
އެހެންނަމަވެސް މާލެއަށް ބަލާއިރު %6 ބިލް އެބައުޅޭ ހަމަ އިންތިހާއަށް ބޮޑު އިނގޭތޯ. އަޅުގަނޑުމެންނަށްވެސް އޭގެ އެކްސްޕްލެނޭޝަނެއް ބޭނުންވާ އަދި އެކްސްޕްލެނޭޝަން ކަސްޓަމަރުންނަށްވެސް ބޭނުންވާނެކަމަށް އަޅުގަނޑުމެން ޤަބޫލުކުރާ %6 އެއް އެބައުޅޭ. އެއީ މާލޭގެ އިނގޭތޯ. އެހެނަނަމަވެސް ހުޅުމާލޭގަ ހަމަ މި އަދަދަށް ބަލާއިރުގަ 15 ވަރަކަށް ޕަސެންޓް އެބައުޅޭ ބިލް ހަމަ ވަރަށް ބޮޑު އެ އެކްސްޕްލެނެޝަންސް އަޅުގަނޑުމެންނަށްވެސް އެނގެންޖޭ އަދި ކަސްޓަމަރުންނަށްވެސް އެކްސްޕްލެނޭޝަންސް ބޭނުންވާ 15 ވަރަކަށް ޕަސެންޓް ބޮޑު އިނގޭތޯ ހަމަ ވަރަށް ބޮޑުތަން ބޮޑު.
އެހެންމަ އަޅުގަނޑުމެން މި ގަސްތުކުރީ އަޅުގަނޑުމެންގެ ޓީމެއް ފޮނުވައިގެން މި އެޕާރޓްމަންޓްތަކުން އަޅުގަނޑުމެން ސްޓެޓިސްޓިކަލީ ފުރަތަމަ ބަލާނަން ކޮންތަންތަނަކަށްތޯ ވިޒިޓްކުރާނީ، ބިލް ބޮޑުވާ މިދެންނެވި ހުޅުމާލޭގެ 15 ޕަސެންޓް އަދި މާލޭގެ 6 ޕަސެންޓް ގޭބީސީތަކަށް އަޅުގަނޑުމެން ވިޒިޓްކުރަން މި ގަސްތުކުރީ.
އެ އެޕާރޓްމަންޓް ތަކަށް ވިޒިޓްކޮށްފަ އަޅުގަނޑުމެން އެނާރޖީ އޮޑިޓްއެއް ކުރަން މި ނިންމީ. އެތަންތަނުގެ ހާލަތު ބަލައިގަނެ، އެތަންތަނުގަ ބޭނުންކުރަނީ ކޮންކަހަލަ އާލާތްތަކެއްތޯ، އެއާރކަންޑިޝަންތަކެއްތޯ، އަދި ބޭނުންކުރާ ޖުމްލަ އެޕާރޓްމަންޓްގެ އިންސިއުލޭޝަން ހުރީ ކިހިނެއްތޯ ބަލައިގަނެ، އެ ކަސްޓަމަރުންނަށް އަޅުގަނޑުމެން ބޭނުންވަނީ އެ މައުލޫމާތު ފޯރުކޮށްދޭން. އޭރުން އެބޭފުޅުންނަށްވެސް މަގުފަހިވާނެ ކަރަންޓް އިޤްތިޞާދުކުރުމަށް ކުރެވިދާނެ ކަންތައްތަކެއް އޮތްތޯބަލާ އެކަންތައްތަކުގަ ފިޔަވަޅު އަޅަން ކަސްޓަމަރުންނަށް ފަސޭހަ ވާނެ.
އެމް.ޑީ ޙުސައިން ފަހުމީގެ ވާހަކަފުޅުން