ސްޓެލްކޯއަކީ ސައްތައިން ސައްތަ ދިވެހީންގެ ކުންފުންޏެކެވެ. ކުންފުނީގެ އިންޖީނަކީ މުރާލި ޤާބިލު މުވައްޒަފުންނެވެ. މިއަދު ސްޓެލްކޯގެ އުމުރާނީ ތަރައްޤީއާއި އިޤުތިޞާދީ ދުޅަހެޔޮކަމަށް ކުރެވެމުންދާ މަސައްކަތުގެ މުގުލުގައި ތިބީ ސްޓެލްކޯގެ ހީވާގި މުވައްޒަފުންނެވެ. ރެއާދުވާލު، އަތްވާ ވާރޭގައި ފޫހިކަމެއްނެތި ގައުމީ ލޯތްބާއި ފޯރިއާއި ޖޯޝުގައި ކުރަމުން ގެންދަނީ ފައިސާއިން މިނައި، އަގުކުރެވޭ ވަރަށްވުރެ ބުރަ ޤައުމީ މަސައްކަތްތެކެވެ. އެހާމެ މަތިވެރި، ޝަރަފުވެރި މަސައްކަތެކެވެ.

ސްޓެލްކޯ މުވައްޒަފުން ވަރުގަދަ އަޒުމުގައި ސާބިތުކޮށްދެއްވަމުން އެގެންދަވަނީ ދިވެހީންނަށް ނުކުރެވޭނެ އެއްވެސް މަސައްކަތެއް ނުދެއްކޭނެ ކަމެވެ. ކުޅަދާނަމަކާއި ޖޯޝެކެވެ. އުފާވެރިކަމާއި ހިނިތުންވުމެކެވެ. ފޫހިކަމެއް، ވަރުބަލިކަމެއް ނެތެވެ. ތާރީޚުގައި ޒިކުރާވާނެ ފަންވަރެކެވެ.
މި މަސައްކަތްތައް ނުހަނު ގާތުން އަޅުގަނޑު މިދަނީ ދުވަހުން ދުވަހަށް ބަލަމުންނެވެ. މުވައްޒަފުންނާ ބައްދަލުކޮށް ހިތްވަރު ދެމުންނެވެ. މި މުވައްޒަފުންނަށް އަޅުގަނޑުގެ ހިތުގައި އޮތް ލޯތްބާއި ކުލުނު މަތިވެރި އެވެ. ހީވާގި މުވައްޒަފުންނަށް އަބަދުމެ އައްސަރިބަހާއި ސާބަސް ރައްދުކޮށް އެމުވައްޒަފުންގެ އަގު ވަޒަންކުރާ މީހެއްގެ ގޮތުގައި ދެމިހުރުމުގެ ހެޔޮ ތައުފީޤު މާތް الله އަޅަމެންނަށް މިންވަރު ކުރެއްވުމަށް އެދި ދުޢާ ކުރަމެވެ. އަޅުގަނޑުގެ އުއްމީދަކީ މުވައްޒަފުންގެ ބައިވެރިވުމާއެކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤުތިޞާދީ ސިޔާސަތު ސްޓެލްކޯގައި ތަންފީޒުކުރެވި، މާ އުފާވެރި، މާ ފާގަތި މާދަމާއެއް ހޯދުމެވެ.
- ޙުސައިން ފަހުމީ/ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ
ސްޓެލްކޯއަކީ ސައްތައިން ސައްތަ ދިވެހީންގެ ކުންފުންޏެކެވެ. ކުންފުނީގެ އިންޖީނަކީ މުރާލި ޤާބިލު މުވައްޒަފުންނެވެ. މިއަދު ސްޓެލްކޯގެ އުމުރާނީ ތަރައްޤީއާއި އިޤުތިޞާދީ ދުޅަހެޔޮކަމަށް ކުރެވެމުންދާ މަސައްކަތުގެ މުގުލުގައި ތިބީ ސްޓެލްކޯގެ ހީވާގި މުވައްޒަފުންނެވެ. ރެއާދުވާލު، އަތްވާ… pic.twitter.com/6Oh7tBo7MS
— Hussain Fahmy (@HussainFahmy09) August 3, 2024