ކުޑަކުދިންނަށް ދޭ ބޭހެއް ކަމަށްވާ އަލެގްރާ ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ކުޑަކުދިންނަށް ދޭ ބޭހެއް ކަމަށްވާ އަލެގްރާ ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި

ކުޑަކުދިންނަށް ދޭ ބޭހެއް ކަމަށްވާ އަލެގްރާ ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން، (އެމް.އެފް.ޑީ.އޭ) އިން މަނާކޮށްފިއެވެ.

ރޯގާ ޖެހުމުންނާއި އެލާޖިކްވުމުން އާންމުކޮށް ބޭނުންކޮށް އުޅޭ އަލެގްރާގެ 3 ބެޗެއްގައި ކޮލެޓީގެ މައްސަލަތަކެއް އުޅޭތީ، އެ ބެޗުތައް ރާއްޖޭގައި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވަނީ އިންޑިއާއިން އުފައްދާ އަލެގްރާ ބޭހުގެ AL1223019، AL1223060، އަދި AL1223029 ބެޗްތަކުގައި ހިމެނޭ ބޭހެވެ.

މިކަމާގުޅިގެން އެމް.އެފް.ޑީ.އޭ އިން ބުނެފައިވަނީ ރާއްޖެ އެތެރެކޮށް ބޭނުންކުރާ މި ބޭހުގެ 3 ބެޗަކުން ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާކަމަށް ބޭސް އުފައްދާފައިވާ ކުންފުނިން އެލަރޓްކޮށްފައިވާކަމަށެވެ. އެހެންކަމުން އެ 3 ބެޗް ރާއްޖެ އެތެރެކުރުމާއި ވިއްކުން އަދި ބޭނުން ކުރުމަކީ މަނާކަމެއްކަމަށް އެމް.އެފް.ޑީ.އޭއިން ވިދާޅުވެއެވެ.

ފާމަސީ، ބޭސް ގުދަނެއް ނުވަތަ ސިއްޙީ ޚިދުމަތްދޭ ތަނެއްގައި މި ބޭހުގެ ބެޗްތައް ހުރިނަމަ އެމް.އެފް.ޑީ.އޭ އަށް އެންގުމަށްވެސް ވަނީ އެދިފައެވެ.

 

މިއަދު އޮންލައިން