މީޑިއާ ވިލެޖް ޤާއިމް ކުރުމާއި ގުޅޭގޮތުން ކޮންސްޓްރަކްޝަން މިނިސްޓްރީ ގެ ފަންނީ ޓީމާއި ބައްދަލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
މީޑިއާ ވިލެޖް ޤާއިމް ކުރުމާއި ގުޅޭގޮތުން ކޮންސްޓްރަކްޝަން މިނިސްޓްރީ ގެ ފަންނީ ޓީމާއި ބައްދަލުކޮށްފި

މީޑިއާ ވިލެޖް ޤާއިމް ކުރުމާއި ގުޅޭގޮތުން މިނިސްޓަރ އިބްރާހީމް ވަޙީދު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަންނީ ޓީމާއި ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް، މޯލްޑިވްސް މީޑިއާ ވިލެޖް ޤާއިމް ކުރުމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަޙީދާއިއެކު ވަނީ މިއަދު ބައްދަލުވުމުއް ބާއްވާފައެވެ.

މި ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގައެވެ.

‏މި ބައްދަލުވުމުގައި މީޑިއާ ވިލެޖް ޤާއިމް ކުރުމަށް ބޭނުންވާ އެކިއެކި ވަސީލަތްތަކާއި ޖާގައާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މި މަޝްވަރާގައި މިވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް އިބްރާހީމް ޠަޢާމް މުޙައްމަދުއާއި މިނިސްޓަރ އޮފް ސްޓޭޓް އިބްރާހީމް ނަޒީމް، ޑެޕިއުޓީ މިނިސްޓަރ ފާޠިމަތު އިފާޝާ އަދި މިވުޒާރާގެ ފަންނީ މުވައްޒަފުން ބައިވެރިވަޑައިގެންނެވިއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން