ލިޔުންލިބި ފުލެޓު ނުލިބޭ ފަރާތްތަކަށް މި ސަރުކާރުން ހިންގާ ބޯހިޔާވެހިކަމުގެ ސުކީމްއަކުން ފުލެޓު ހަމަޖެހޭނެ ކަމަށް ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޕެޓިޝަން ކޮމެޓީގެ މެމްބަރުންކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވީ މިހާތަނަށް ހިންގާފައިވާ ހުރި ހައުސިންގ ސްކީމްތަކުގެ ތެރެއިން ޝަރުތުހަަވެ ލިޔުންލިބި ފުލެޓް ނުލިބޭ ފަރާތްތަކަށް މި ސަރުކާރުން ފަށާ ބޯހިޔާވެހިކަމުގެ ސްކީމްއަކުން ފުލެޓް ހަމަޖެހިގެންދާނެއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 ގައި އަންނަނީ 17-18 ބުރީގެ 32 ޓަވަރު އިމާރާތްކުރަމުންނެވެ. ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހުންނާނެ އެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެ އެވެ. އެ ހުރިހާ ޓަވަރެއްގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރު މެދުތެރެއަށް ކަމަށް މިނިސްޓްރީން ބުނެއެވެ.
ހަބަރު: ސަރުކާރު