އާރްޓީއެލް ފެރީގެ ދަތުރުރުތައް މޯލްޑިވިއަންގެ ފްލައިޓްތައް އޮޮންނަ ގަޑިތަކާ ދިމާވާގޮތަށް ހިދުމަތްދިނުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަމާއިގުޅިގެން ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން މޯލްޑިވިއަންއިން ބުނީ، މާލެއިން ކޫއްޑޫއަށް ކޮންމެ ދުވަހަކު ހެނދުނު އޮންނަ ޝެޑިއުލް ފްލައިޓާއި ދިމާކޮށް ކޫއްޑޫއަށް އާރްޓީއެލް ފެރީ އޮންނާނެ ކަމަށާއި މިއީ ފެށުމެއްކަން ފާހަގަކޮށް މޯލްޑިވިއަންއިން ބުނީ މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް އޮންނަ ކޮންމެ އެއާޕޯޓަކަށްވެސް މި ޚިދުމަތް ދިނުމަށް މިހާރު އާރްޓީއެލްއާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އާރްޓީއެލް ފެރީގެ ޚިދުމަތާއިގުޅިގެން ރައްޔިތުންގެ އެންމެބޮޑު ޝަކުވާއަކަށް ވެފައިވާކަމަކީ ވެސް ބައެއް ސަރަޙައްދުތަކުގައި ފްލައިޓް ގަޑިތަކާއި ފެރީ ޝެޑިއުލްތައް ދިމާނުވުމެވެ.
އެހެންނަމަވެސް މޯލްޑިވިއަންގެ ފްލައިޓް ޝެޑިއުލްއާއި އާރްޓީއެލްގެ ފެރީގެ ޚިދުމަތް ގުޅުވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.