"ޓްރައިޕާޓައިޓް ލޭބަރ އެޑްވައިޒަރީ ބޯޑް"ގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.
"ޓްރައިޕާޓައިޓް ލޭބަރ އެޑްވައިޒަރީ ބޯޑް އަކީ މަސައްކަތްތެރިކަމާ ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާދިނުމަށް އިންޑަސްޓްރިއަލް ރިލޭޝަންސް ޤާނޫނުގެ 88ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ބޯޑެކެވެ. މިބޯޑުގެ ފުރަތަމަ ބައްދަލުވުމުގައި ހިންގާ ގަވާއިދަށް މަޝްވަރާކުރުމާއި، ޔޫނިއަން ރަޖިސްޓަރީކޮށް ހިންގުމާއި ގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މިބޯޑުން ކުރިއަށްގެންދާނެ މުހިންމު މަސައްކަތްތަކުގެތެރޭގައި މަސައްކަތްތެރިކަމާ ގުޅޭ ޤާނުތަކާއި އުސޫލުތައް އެކުލަވާލުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ލަފާދިނުން ހިމެނެއެވެ.
"ޓްރައިޕާޓައިޓް ލޭބަރ އެޑްވައިޒަރީ ބޯޑު"ގައި 10 މެންބަރުން ހިމެނިވަޑައިގަންނައިރު މިބޯޑުގައި ހިމެނިވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު، މި ޤާނޫނުގެ ދަށުން ޢައްޔަންކުރެއްވެވި ސަރުކާރުގެ އިދާރާތަކާއި، ވަޒީފާދޭ ފަރާތާއި، މަސައްކަތްތެރިންގެ ޔޫނިއަންތަކުން ކަނޑައަޅުއްވާ މަންދޫބުންނެވެ.