"ގުޅިގެން މީރާ"ގެ ނަމުގައި ވަރަށް ޚާއްސަ އިނީޝިއޭޓިވްއެއް މީރާއިން އިފްތިތާހުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
"ގުޅިގެން މީރާ"ގެ ނަމުގައި ވަރަށް ޚާއްސަ އިނީޝިއޭޓިވްއެއް މީރާއިން އިފްތިތާހުކޮށްފި

މީރާގެ 14 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި، މީރާއިން "ގުޅިގެން މީރާ"ގެ ނަމުގައި އިނިޝިއޭޓިވްއެއް އިފްތިތާހުކޮށްފިއެވެ.

މި އިނިޝިއޭޓިވް އިފްތިތާހުކުރުމަށް 3 ޖޫން 2024 ވީ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހަފްލާގައި ޝަރަފުވެރި މެހެމާނުގެ ގޮތުގައި މާލީ ވުޒާރާގެ މިނިސްޓަރ، ޑރ. މުހައްމަދު ޝަފީޤް ބައިވެރިވެޑައިގެން މި އިނިޝިއޭޓިވް އިފްތިތާހުކޮށްދެއްވިއެވެ. މި އިވެންޓްގައި މިނިސްޓަރގެ އިތުރުން، މީރާގެ ކޮމިޝަނަރ ޖެނެރަލް ހަސަން ޒަރީރާއި، ޑެޕިއުޓީ ކޮމިޝަނަރ އަސްމާ ޝަފީއު، މީރާގެ ކުރީގެ ކޮމިޝަނަރ ޖެނެރަލް ފަތުހުﷲ ޖަމީލާއި މީރާގެ ކުރީގެ އަދި މިހާރުގެ އިސްބޭފުޅުންނާއި، ބޯޑު މެންބަރުންނާއި އަދި މީރާގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް މީރާއިން މައުލޫމާތުދެއެވެ.

'ގުޅިގެން މީރާ' ގެ މަޤްސަދަކީ މީރާ އާއި ޓެކްސްދައްކާ ފަރާތްތަކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމާއި، ޓެކްސްދައްކާ ފަރާތްތަކުން މީރާއަށް ކުރާ އިތުބާރު އިތުރުކުރުމާށާއި، މީރާގެ ސްޓޭކްހޯލްޑަރުންނާ (ޓެކްސްދައްކާ ފަރާތްތައް، ޓެކްސް އެޖެންޓުން، ޓެކްސް ކޮންސަލްޓަންޓްސް، ދައުލަތުގެ އެހެނިހެން އިދާރާތައް، އާންމު ރައްޔިތުން) އޮންނަ ގުޅުން ވަރުގަދަކޮށް، ވޮލަންޓަރީ ކޮމްޕްލަޔަންސް އިތުރުކުރުމަށްޓަކައި މީރާއިން ކުރިއަށްގެންދާ އިނިޝިއޭޓިވްއެއްކަމަށް މީރާއިން މައުލޫމާތުދިނެވެ. މީގެ އިތުރުން މި އިނީޝިއޭޓިވްގެ ދަށުން މީރާއިން ދެމުންއަންނަ ޚިދުމަތްތައް އިތުރަށް ފަހިކޮށްދީ، ޓެކްސްދައްކާ ފަރާތްތަކަށް ޓެކުހުގެ ޒިންމާ އެފަރޓްލަސްކޮށްދިނުމަކީ މީރާގެ އަމާޒެއްކަމަށް މީރާއިން ފާހަގަކުރިއެވެ.

މި އިނީޝިއޭޓިވްގެ ދަށުން މީރާގެ މުވައްޒަފުންގެ މެދުގައިވެސް ހަރަކާތްތަކެއް ރާވައިފައިވާކަން އެ އިދާރާއިން ފާހަގަކުރެއެވެ.

 

މިއަދު އޮންލައިން