ފެރީ ބަނުމުގެ ފުރުޞަތު ދިވެހި ކުންފުނިތަކަށްވެސް އާރްޓީއެލް އިން ހުޅުވާލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
ފެރީ ބަނުމުގެ ފުރުޞަތު ދިވެހި ކުންފުނިތަކަށްވެސް އާރްޓީއެލް އިން ހުޅުވާލަނީ

ރާއްޖެ ޓްރާންސްޕޯޓު ލިންކު (އާރްޓީއެލް) ގެ ފެރީތައް ބަނުމުގެ ފުރުޞަތު ދިވެހި ކުންފުނިތަކަށްވެސް ލިބޭގޮތަށް ހަމަޖައްސަން ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ ޒައިދު އަމްޖަދު ވިދާޅުވީ، ދިވެހި ކުންފުނިތަކަށްވެސް ބައިވެރިވެވޭގޮތަށް 55 ފެރީ ބަނުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.

މީގެ އިތުރުން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރުގެ ނައިބު އިބްރާހިމް ޔާސިރު ވިދާޅުވެފައިވަނީ، އާރްޓީއެލްގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން އަންނަ އަހަރުގެ ތެރޭގައި ޒޯން 4 ގައި ހިމެނޭ ރަށްތަކަށް ޚިދުމަތް ފަށާނެ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް ހުރިހާ ރަށަކަށް އެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށްވެސް ޔާސިރު ވިދާޅުވިއެވެ.

މިހާރު އާރްޓީއެލްގެ ޚިދުމަތް 9 އަތޮޅުގެ 81 ރަށަކަށް ދެމުންދާއިރު، މި ޚިދުމަތުގައި 26 ފެރީ ބޭނުންކުރެވެއެވެ. 

 

މިއަދު އޮންލައިން