އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް 8.5 މިލިއަން ޑޮލަރުގެ އެހީ ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް 8.5 މިލިއަން ޑޮލަރުގެ އެހީ ދީފި

އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް 8.5 މިލިއަން ޑޮލަރުގެ އެހީ ދީފިއެވެ. މި އެހީ ދީފައިވަނީ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމަންޓް (ޑީއޯއޭޖީ) އަށް ގެނައި 14 ވަނަ އިސްލާހުގެ ދަށުންނެވެ.

މި އިސްލާހުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ބޭއްވުނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ. މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ޝެރީނާ ޢަބްދުއްޞަމަދެވެ. އަދި އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޔޫ.އެސް.އޭ.އައި.ޑީ. ގެ މިޝަން ޑިރެކްޓަރ ގެބްރިއަލް ގްރައު އެވެ.

މި އެއްބަސްވުމަކީ ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގައި ރާއްޖޭގެ ފަންނީ ޤާބިލުކަން އިތުރުކޮށް، ރާއްޖޭގެ އިޤްތިޞާދީ އަދި ޑިމޮކްރެޓިކް ވެރިކަން އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއާއި އެމެރިކާއާ ދެމެދު ސޮއިކުރެވުނު ތާރީޚީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެއްބަސްވުމެކެވެ. މި އިޞްލާޙުގެ ދަށުން އެމެރިކާ ސަރުކާރުން ވަނީ ދިވެހިރާއްޖެއަށް އިތުރު 8.5 މިލިއަން ޑޮލަރު ފޯރުކޮށްދީ އެއްބަސްވުމުގެ ޖުމްލަ އަގު 45.7 މިލިއަން ޑޮލަރަށް އިތުރުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީ އާއި ޔޫ.އެސް.އޭ.އައި.ޑީ. މިޝަން ޓު ދަ މޯލްޑިވްސްގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން