އަހުރެންގެ ޢުމުރުން 18 އަހަރުން ފެށިގެން ލޯބިވެރިއަކު ގެންގުޅެން ފެށީމެވެ. އެއީ ވަރަށް ތަނަވަސް މީހެކެވެ. ކައިވެނި ނުކުރި ނަމަވެސް ޢުމުރުން 20 އަހަރުން ފެށިގެން އޭނާ ބުނާއިރަށް އޭނާގެ ގެއަށް ގޮސް އުޅެން ފެށީމެވެ. އޭނާ ގުޅާ ގަޑިތަކުގެ ސަބަބުންނާއި ބޭނުންވާހައި ކަމެއް އޭނާ ކޮށްދޭތީ ކިޔަވަން ކޮލެޖަށް ދިއުންވެސް އެހިސާބުން ހުއްޓައިލީމެވެ.
ދެންވެސް 2 އަހަރުފަހެވެ. ޢުމުރުން 22 އަހަރުގައި އޭނާ އަހުރެން ބާކީކޮށްލައި އެއްލައިލިއެވެ. އެހިސާބުން އެންމެ ދެރަވީ އޭނާ ގެއްލިގެނެއް ނޫނެވެ. ނަމަވެސް އަވާމެންދުރެއްގައި އުޅެން ހަދައިގެން ކިޔެވުން ހުއްޓައިލެވުނީތީއެވެ. ދިރިއުޅެން ކުރާނެ އެއްވެސް މަސައްކަތެއް ދަސްނުވެ ހުރީތީއެވެ.
އެހެންވެ ލޯބިވެރިއަކު ހޯދުމުގެ ވިސްނުންވެސް ދޫކޮށްލީމެވެ. ހުރިހާ ސަމާލުކަމެއް ދިރިއުޅެން ކުރާނެ މަސައްކަތެއް ދަސްކުރަން ދިނީމެވެ. ކުރިން ކިޔަވަމުން އައި ސޮފްޓްވެއާ އިންޖިނިއަރިންގ ކިޔަވަން އަލުން ފެށީމެވެ.
ދެންވެސް 2 އަހަރު ފަހެވެ. ޢުމުރުން 24 އަހަރުގައި ފުރަތަމަ ސޮފްޓްވެއާ އަމިއްލައަށް އުފައްދައި މަޝްހޫރު ކުންފުންޏަކަށް ހަދިޔާކުރީމެވެ. އެމީހުން އެބަލައިގަތެވެ. އަދި އަހަރެންގެ ކެރިއަރަށް އެހީތެރިވާން ފެށިއެވެ. ކުރާ މަސައްކަތަށް އަގުދޭން ފެށިއެވެ.
ދެން ދައްކަނަމިޖެހެނީ އެއިގެ 6 އަހަރު ފަހުގެ ވާހަކައެވެ. މިއަދު އަހަރެންގެ އެކައުންޓުގައި މިލިއަނުން ޑޮލަރު އެބަހުއްޓެވެ. ކަސްޓަމަރުން ބޭނުންވާ ވަރަށް މަސައްކަތް ކުރެވޭނަމަ ލިބޭ އާމްދަނީ އިތުރުކުރެވޭނެ ގޮތްތައްވެސް އެބަހުއްޓެވެ. މިއަދު އަހުރެންގެ ދަށުން 16 އިންޖިނޭރުން މަސައްކަތްކުރެއެވެ.
އަހުރެން ބުނެލަން ބޭނުންވާ ވާހަކައަކީ އަހުރެންނަށް ލިބުނު ކާމިޔާބީ ލިބުނު ސަބަބަކީ އަހުރެންގެ އެއިރުގެ (ފުރަތަމަ) ލޯބިވެރިޔާ އަހުރެން ދޫކޮށްލިކަމެވެ. އެހެން ނޫންނަމަ އޭނާ އާއި ކައިވެނިކުރެވުނު ނަމަވެސް އަހުރެންނަށް އުޅެންޖެހުނީ އޭނާގެ ތަނަވަސްކަމުގައި އޭނާއަށް އަޅުވެތިވެގެންނެވެ. އެއިގެ ބަދަލުގައި މިއަދު އުޅެމުން މިއަންނަނީ އަމިއްލަ ތަނަވަސްކަމުގައެވެ. އަމިއްލަ ތަނަވަސްކަން ލިބުމުން ލިބޭ ހިތްހަމަޖެހުން އިޙްޞާޞްކުރެވޭނީ ހަމަ އަމިއްލަ މަސައްކަތުން ތަނަވަސްކަން ލިބުނީމައެވެ.
މިއީ މިލިއަނަރުންގެ ތެރޭގައި މިހާރު ހިމެނޭ އަންހެނަކު އޭނާގެ ކާމިޔާބީ ކިޔައިދީފައިވާ ގޮތެވެ.
- އަލަފް / މިއަދުނޫހަށް