ޗައިނާގެ މިނިވަން ވިޔަފާރީގެ ޕްރޮސެސް ތެރެއިން، ނެގޭނެ އެންމެ ބޮޑު އެޑްވާންޓޭޖު ރާއްޖެއަށް ނެގޭނެ: ވަޒީރު ސައީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ޗައިނާގެ މިނިވަން ވިޔަފާރީގެ ޕްރޮސެސް ތެރެއިން، ނެގޭނެ އެންމެ ބޮޑު އެޑްވާންޓޭޖު ރާއްޖެއަށް ނެގޭނެ: ވަޒީރު ސައީދު

ޗައިނާގެ މިނިވަން ވިޔަފާރީގެ ޕްރޮސެސް ތެރެއިން، ނެގޭނެ އެންމެ ބޮޑު އެޑްވާންޓޭޖު ދިވެހިރާއްޖެއަށް ނެގޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން ރާއްޖެއަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"ވަރަށް އުފަލާއެކު ދަންނަވަން، އެއްވެސް ޤައުމަކަށް ޗައިނާގެ މިނިވަން ވިޔަފާރީގެ ޕްރޮސެސް ތެރެއިން، ނެގޭނެ އެންމެ ބޮޑު އެޑްވާންޓޭޖު ދިވެހި ރާއްޖެއަށް ނެގޭނެ، އެގޮތަށް ރައީސްގެ ޑރ. މުޢިއްޒުގެ މަސައްކަތްޕުޅު އަދި ތަރައްޤީގެ އަމާޒު ހިއްޕަވާ އަދި ޗައިނާގެ ލީޑާރޝިޕްއާއި ވަނީ ހިއްސާކޮށްފައި." ވަޒީރު ވިދާޅުވިއެވެ.



މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ދަނީ ތައްޔާރުވަމުންނެވެ. އަދި ޗައިނާއިން ގެންނަ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ ގޮތް ހެދުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

ވަޒީރު ވިދާޅުވީ، މިނިވަން ވިޔަފާރީގެ ފައިދާ ވިޔަފާރިވެރިންނަށް އެންމެ ބޮޑަށް ލިބޭނެ މަގުތައް ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން ރައީސް ޑރ. މުޢިއްޒު ބޭނުންފުޅުވަނީ ޗައިނާގެ ބޭންކެއް ރާއްޖޭގައި ހުޅުވުން ކަމަށެވެ. އަދި އެކަމާގުޅޭ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

މިއާއެކު ޑޮލަރަށް ބަރޯސާވުން ކުޑަވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އިތުރު ކުރިއެރުންތަކެއް ލިބި، ވިޔަފާރިވެރިންނަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން