ފާއިތުވި 2 ދުވަހު 47 ޓަނުގެ މަސް ކިރައިފި: ފިފްކޯ

މިއަދު
ކިޔުމަށް ހޭދަވާނީ 34ސ
ފާއިތުވި 2 ދުވަހު 47 ޓަނުގެ މަސް ކިރައިފި: ފިފްކޯ

މަސްވެރިކަން ރަނގަޅުވެ ފާއިތުވި 2 ދުވަހުގެ ތެރޭގައި ޖުމްލަ 47 ޓަނުގެ މަސް ކިރުވާފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ.

މިކަމާގުޅިގެން މިފްކޯއިން ބުނެފައިވަނީ މިމަހުގެ 4 ވަނަ ދުވަހު 27 ޓަނުގެ މަސް ކިރުވާފައިވާއިރު، ހޯމަ ދުވަހު އެކަނި 20 ޓަނުގެ މަސް ކިރުވާފައިވާކަމަށެވެ. މިފްކޯއިން ބުނެފައިވާ ގޮތުގައި މި މަސް ކިރުވާފައިވަނީ މުލަކު އަތޮޅު ހިމެނޭ ސަރަހައްދުންނެވެ. 

މިހާރު މުލަކު އަތޮޅު ހިމެނޭ ސަރަހައްދުގައި މިފްކޯގެ 2 ބޯޓު ހަރަކާތްތެރިވަމުންދާކަމަށް މިފްކޯއިން ބުނެފައިވެއެވެ. އެއީ މަހާކަލަމިންޖާ އާއި "ރަންދި 23" އެވެ.

ފާއިތުވި 2 ދުވަހު އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވަނީ މަސްވެރިކަން ރަނގަޅު ވެފައެވެ.
 

މިއަދު އޮންލައިން