ރާއްޖޭގައި އިންޓަނޭޝަނަލް ބަންކަރިންގެ ޚިދުމަތް މިމަހުގެ 22 ވަނަ ދުވަހު ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ރާއްޖޭގައި އިންޓަނޭޝަނަލް ބަންކަރިންގެ ޚިދުމަތް މިމަހުގެ 22 ވަނަ ދުވަހު ފަށަނީ

ރާއްޖޭގައި އިންޓަނޭޝަނަލް ބަންކަރިންގެ ޚިދުމަތް މިމަހުގެ 22 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މުޙައްމަދު ސަޢީދު މިހެން ވިދާޅުވެފައިވަނީ ޗައިނާ އާއި ރާއްޖެއާއި ދެމެދު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށްޓަކައި ބޭއްވި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ރާއްޖެ ކަނޑެއްގެ މެދުގައި އޮންނައިރު، ރާއްޖެއަށް މެރިޓައިމް ސިނާއަތުގެ ފައިދާ ނެގުމާއި ރީ-އެކްސްޕޯޓު ފުޅާކުރުމަކީ އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް. އެގޮތަށް މަސައްކަތްކުރަމުން މިދަނީ، ބަންކަރިންގ ހިދުމަތްވެސް މިމަހުގެ 22 ވަނަ ދުވަހު ފެށިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.

ކަނޑު ބޯޓުތަކާއި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ނުވަތަ އިންޓަރނޭޝަނަލް ބަންކަރިންގެ ޚިދުމަތް ފެށުމަށް 4000 ޓަނުގެ ތެޔޮ އުފުލޭ 2 އުޅަނދު ގެންނާނެކަމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން މީގެކުރިން ވަނީ ހާމަކޮށްފައެވެ.

މި ޚިދުމަތް ފެށުމުން ރާއްޖޭގެ މެރިޓައިމް ސިނާއަތަށް އިތުރު ކުރިއެރުމެއް ލިބި، ރާއްޖޭގެ އިޤްތިޞާދަށް ފައިދާތަކެއް ކުރާނެކަމަށް ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ބަނދަރުތަކަށް އިތުރު ބޯޓުފަހަރު ޒިޔާރަތްކޮށް، ރާއްޖޭގެ ވިޔަފާރިއަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށްވެސް ބެލެވެއެވެ.

މިއަދު އޮންލައިން